ހުޅުމާލޭގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، ވިޔަފާރީގެ އުސޫލުން މިރޭ ހަވާ އެރުވުމަށް ނިންމާފައިވާކަމަށާއި، ހަވާ އަރުވާނީ، ހުޅުލޭ އައިލެންޑް ހޮޓެލްއާ ދިމާ ބޭރުންލު ބޭރުން ކަމަށެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވާ ގަޑިއަކީ މިރޭ 20:30 ގައެވެ.
ހަވާ އެރުވުމުގެ ހުއްދަ ދީފައި އޮންނަނީ ހަމައެކަނި އެމްއެންޑީއެފަށް ކަމަށްވާއިރު، އެ މަސައްކަތް ކުރަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ވިޔަފާރި އުސޫލުންނެވެ. އަމިއްލަ ފަރާތްތަކުންނާއި ރިސޯޓުތަކުގެ އަދި އެކިއެކި ކުންފުނިތަކުން އިވެންޓުތަކާ ދިމާކޮށް ހަވާއެރުވުމަކީ މިހާރު ރާއްޖޭގައި ވަރަށް ގިނައިން ކުރަމުން އަންނަ ކަމެކެވެ.










ކިޔުންތެރިންގެ ހިޔާލު