ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ގުރުބާނީ ދަރިންނަށް ވާސިލްކޮށްދިނުން: ސާޖިދާ

madam saajida
STO_Ads
TTH_Ads
Advertisement

މިއަދު ފާހަގަކުރަމުންދާ ދިވެހިންގެ މިނިވަންދުވަހާއެކު އަހަރެމެންގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، މިނިވަންކަމަށްޓަކައި ކާބަފައިންވީ ޤުރުބާނީގެ ހަގީގަތްތައް އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުންކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ދުވަހުގެ ތަހުނިޔާ ދިވެހިންނަށް އަރިސްކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ މިނިވަންކަމުގެ މަތިވެރި ނިއުމަތް އަހަރެމެންނަށް ލިބިފައި ވަނީ މާޒީގައި ކާބަފައިން ވެވަޑައިގެންނެވިު މަތިވެރި ގުރުބާނީތަކެއްގެ ސަބަބުންކަމަށެވެ. އެހެންކަމުން، މިއަދު އަހަރެމެންގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، މިނިވަންކަމަށްޓަކައި ކާބަފައިންވީ ޤުރުބާނީގެ ހަގީގަތްތައް އަހަރެމެންގެ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުންކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ފަސްޓް ލޭޑީ ވިދާޅުވީ މިނިވަންކަން ދެމެހެއްޓުމަށް ދިމާވާ ކޮންމެ ހުރަހެއް ފަހަނަޅައި ދިއުމުގެ ހިތްވަރާއި ޖޯޝުހުރި ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުމަށް މިފަދަ ދުވަހެއްގައި އިސްކަންދޭންޖެހޭނެކަމަށެވެ.

“އިލްމާއި އަޚްލާޤުން ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުމެވެ. ކީރިތި ﷲ އަޅުގަނޑުމެންގެ މި މަސައްކަތުގައި ކާމިޔާބީ ދެއްވާށިއެވެ!،” ފަސްޓް ލޭޑީ ވިދާޅުވިއެވެ.

މިއަދަކީ އިނގިރޭސީންގެ ހިމާޔަތުން ފުރިހަމަ މިނިވަންކަމެއް ލިބި ސިޔާސީ ގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ 61 އަހަރު ފުރޭ މިނިވަން ދުވަހެވެ.

ދިވެހިރާއްޖޭގެ ތާރީހުން އެނގޭ ގޮތުގައި ރާއްޖޭގެ މިނިވަންކަން ގެއްލިފައި ވަނީ ތިން ފަހަރެއްގެ މަތިންނެވެ. ރާއްޖޭގެ މިނިވަންކަން ބީވެގެން އެންމެފުރަތަމަދިޔައީ މީލާދީން 1558 އިން 1573އަށް ޕޯޗްގީޒުންގެ އަތްދަށަށް ރާއްޖެ ދިޔަ ދުވަސްވަރެވެ. ދެން މިނިވަންކަން ގެއްލުނީ ހިޖްރައިން 1166ގައި ހޮޅީންގެ އަތްދަށަށް ރާއްޖެ ދިޔަ 3 މަހާ 20 ދުވަހެވެ. އެއަށް ފަހު ދެން ރާއްޖެ ދިޔައީ އިނގިރޭސީންގެ “ހިމާޔަތުގެ” ދަށަށެވެ.

އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 1887 ވަނަ އަހަރު ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްތާން މުހައްމަދު މުއީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ ރާނީ ވިކްޓޯރިއާގެ ބަދަލުގައި، ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސާ އޭ.އެޗް.ގޯޑްން އާއި ދެމެދު ޑިސެމްބަރ 16 އާއި 23 ވަނަ ދުވަހާ ދެމެދު ކުރެވުނު މުއާހަދާގެ ދަށުންނެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންވީ އޭގެ 78 އަހަރު ފަހުން 1965 ވަނަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

saajida

ހިޖުރީ އާ އަހަރުގެ ތަހުނިޔާ މެޑަމް ސާޖިދާ ފޮނުއްވައިފި

saajida

ނަރުހުންގެ ކުރިއެރުމަށް އިންވެސްޓުކުރުން މުހިންމު: މެޑަމް ސާޖިދާ

madam saajida

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މެޑަމް ސާޖިދާ ތަހުނިޔާ ފޮނުއްވައިފި

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމަށް ލިބޭ ކުރިއެރުމެއް: ސާޖިދާ