ސަރުކާރު ހިއްސާވާ 4 ކުންފުންޏެއްގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން، ޕީސީބީން މެންބަރުން އައްޔަންކޮށްފިއެވެ.
ބޯޑަށް މެންބަރުން އައްޔަންކުރީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށާއި، އައިލޭންޑް އޭވިއޭޝަންގެ އިތުރުން ފަހި ދިިރިއުޅުން ކޯޕަރޭޝަނަށެވެ.
އައްޔަންކުރެއްވި މެންބަރުން:

- ފަހި ދިރިއުޅުން ކޯޕަރޭޝަން: މއ.ޝަހީން/ ޢަބްދުﷲ ޔާމީން
- އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް: ދ. ކުޑަހުވަދޫ، ތިކުރީތު/ މައީޝާ އިބްރާހިމް
- ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން: ދ. ބަނޑިދޫ، ފެހިވިނަ/ ޝާހިދު މޫސާ
- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން: ގ. ބަނީ/ އަޙްމަދު މާޒިން
ސަރުކާރުގެ ކުންފުނިތައް ހަރުދަނާކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެދާއިރާތަކުން ޤާބިލް ބޭފުޅުން އައްޔަންކުރުމަށް މިހާރު އިސްކަންދެއްވައެވެ.









ކިޔުންތެރިންގެ ހިޔާލު