ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ޒައިނާ އައްޔަންކުރައްވައިފި

43
STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުކަމަށް ގއ. ދާންދޫ، އަމާޒު، ޒައިނާ އަބްދުﷲ އައްޔަންކުރައްވައިފިއެވެ.

ޒައިނާ އަބްދުﷲ އަކީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ. ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވާނަންސްގެ ދާއިރާއިން އޭނާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ބޯޑުގައި ބޭންކިން ދާއިރާ ތަމްސީލުކުރާ މެންބަރުގެ ގޮތުން މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ބެލެވެއެވެ. ޕީސީބީއަށް އައްޔަންކުރެއްވުމުގެ ކުރިން، ޒައިނާ އަދާކުރެއްވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމެވެ.

ޒައިނާ ވަނީ މީގެ ކުރިން ވެސް ޕްރައިވެޓައިޒޭޝަން ބޯޑުގެ ސީނިއަ އޮފިސަރެއްގެ މަގާމު އަދާކުރައްވާފައެވެ. އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓާކޮށް، އިވެލުއޭޓް ކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވި އެވެ. މީގެ އިތުރުން، ކުންފުނިތަކުގެ މާލީ ބަޔާންތަކާއި ބަޖެޓުތަކުގެ އިތުރުން ބިޒްނަސް ޕްލޭންތައް ދިރާސާކުރުމާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ރޭވުމުގައި އޭނާ އިސްކޮށް މަސައްކަތް ކުރެއްވިއެވެ.

HajjCop_ads
Advertisement

ޒައިނާގެ ތައުލީމީ ފެންވަރަށް ބަލާއިރު، އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސީފް) އިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ހާސިލުކުރައްވާފައެވެ. މީގެ އިތުރުން އިންޑިއާގެ ޔުނިވަސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

finance

ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު މަދުކުރުމަށް 3 މަސް ދުވަހުގެ މުހުލަތެއް

2027 އަށް ސަރުކާރު ކުންފުނިތައް އޮޑިޓްކޮށް ނިންމަނީ