ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުލުސްދޫ އިސްރަށްވެހިންގެ ހިޔާވަހި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ކ.ތުލުސްދޫގައި “އިސްރަށްވެހިންގެ ހިޔާވަހި” މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ފަހުމުނާމާގައި ސޯޝަލް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާއީލެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ “އޭޖްޑް ކެއަރ ސެންޓަރު” ތަކެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާ އާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމެވެ.

HajjCop_ads
Advertisement

ކ. ތުލުސްދޫގައި ކުރިޔަށްގެންދާ މި މަޝްރޫޢު އެމް.ޓީ.ސީ.ސީއަށް އެވޯޑްކޮށް، ފަހުމުނާމާގައި ސޮއިކޮށްފައިވާއިރު، ށ.ފުނަދޫގައި ގާއިމުކުރާ “އިސްރަށްވެހިންގެ ހިޔާވަހި” މަޝްރޫޢު ވެސް ވަނީ އެމްޓީސީސީއާ ހަވާކޮށްފައެވެ. އަދި އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރާ “އޭޖްޑް ކެއަރ ސެންޓަރު” (ދެކުނުގެ މަރުކަޒު) ގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ލިޓަސް އޮޓޯމޮބައިލްސްއާ ހަވާލުކޮށްފައިވެއެވެ.

މި މަރުކަޒުން އިސްރަށްވެހިންގެ ތެރެއިން އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވިގެން ދިއުމާއެކު، އެ ފަރާތްތަކަށް ޞިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ސިއްހަތާއި އާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ އިސްރަށްވެހިންނަކީ މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެއްވެސް ފަރުދަކު ބާކީނުވާނެހެން، އެބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

WhatsApp Image 2026 09 24 at 14.42.20

އެމްޓީސީސީއާއި ޔޫއޭއީގެ އެންއެމްޑީސީ ގްރޫޕާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

WhatsApp Image 2026 09 24 at 10.39.50

ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެ

WhatsApp Image 2026 09 23 at 20.26.07

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް