ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ބަޔަކާއެކު އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު އަމީން ވިދާޅުވި ގޮތުގައި، ސީޕްލޭން އޮޕަރޭޝަންތަކުގައި ރޭގަނޑު ދަތުރުނުކުރެވޭ ފަދަ ހުރަސްތަކެއް ހުރުމުން، ރެޔާއި ދުވާލު އަދި ތަފާތު މޫސުންތަކުގައި ފަތުރުވެރިން އުފުލޭނެ ގޮތް ހެދުމަށްޓަކައި ރާއްޖޭގެ ޓްރާންސްޕޯޓް މޮޑެލްއަށް ބަދަލުތަކެއް އަންނަންޖެހެއެވެ. މިކަމަށް ލިބުނު ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިމިފައިވާއިރު، އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކުގެ ދަށުން އެއަރ އޮޕަރޭޓަރ ސެޓްފިކެޓް (އޭއޯސީ) ހޯދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ޚިދުމަތުގެ މުހިންމު ތަފްޞީލުތައް:

މައިގަނޑު ބޭނުން: ފަތުރުވެރިން އުފުލުމުގެ އިތުރުން ސާރޗް އެންޑް ރެސްކިއު އަދި އެމަޖެންސީ މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދިނުން.
މެޑިކަލް އިވެކުއޭޝަން: ޚިދުމަތް ފަށާ ފުރަތަމަ 3 އަހަރު، ކޮންމެ މަހަކު ހިލޭ 50 ގަޑިއިރަށް މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދޭންޖެހޭނެ. (ސާރޗް އެންޑް ރެސްކިއުއަށް ސަރުކާރުން އަގު ދައްކާނެ).
ހުއްދައިގެ މުއްދަތު: އޮޕަރޭޓަރުންނަށް އެންމެ ގިނަވެގެން ހުއްދަ ދޭނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ.
އަމާޒު: އެންމެ ލަސްވެގެން 2027 ނޮވެމްބަރު 1 ގެ ކުރިން ހެލިކޮޕްޓަރުގެ ޚިދުމަތް ރަސްމީކޮށް ފެށުން.
މި ޚިދުމަތް ދިނުމުގައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ އެންމެހާ މިންގަނޑުތަކަށް ފުރިހަމައަށް ބަލާނެ ކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.









ކިޔުންތެރިންގެ ހިޔާލު