ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރަހައްދީ ތަރައްޤީ ތަންފީޒްވުމުން، މާލޭގެ މައްސަލަތަކަށް ޙައްލު ލިބޭނެ: ރައީސް

59bd362e 22cf 4b7e b32f f2de8a025f3b
STO_Ads
Maldivian_Ads
TTH_Ads
Advertisement

ސަރަހައްދީ ތަރައްޤީގެ މަސައްކަތްތައް ތަންފީޒުވެ ނިމުމުން މާލޭގެ ކާރުބާރު ބޮޑުކަމަށް ލުއި ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެއަށް ދިމާވެފައިވާ މައްސަލަތަކުގައި ބަލަން ޖެހެނީ މާލެއަށް މީހުން ތޮށްޖެހެން ޖެހޭ ސަބަބަށް ކަމަށާއި، މިކަމަކީ ސަރުކާރުތަކުން ރާއްޖޭގެ ތަރައްޤީ ބައްޓަން ކުރި ގޮތުން ދިމާވި މައްސަލައެއް ކަމަށެވެ. މިކަން ހައްލު ކުރުމަށް ރާއްޖެ 7 ސަރަހައްދަކަށް ބަހާލައިގެން އާބަން ސެންޓަރުތައް ތަރައްޤީ ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުތުރުގެ ތަރައްޤީގެ އިންޓަގްރޭޓެޑް ޒޯނެއްގެ މަސައްކަތް މިކުރަނީ. ދެކުނުގައި އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލުތަކާއި މިހެން ހުރި ވަޒީފާގެ ފުރުސަތުތަކާއި ހުރިހާ ކަމެއް ހިމެނޭހެން، ހުރިހާ ޚިދުމަތެއް ޤާއިމްކޮށް 7 އަރބަން ސެންޓަރެއް ކަނޑައަޅާ އެ ފެންވަރުގައި ހުރިހާ ޚިދުމަތެއް ޤާއިމްކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ނޫންތޯ އަޅުގަނޑުމެން ފަށައިގެން މިއުޅެނީ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ސަރަހައްދީ ތަރައްޤީގެ މަސައްކަތް ކުރިނަމަވެސް މާލެ ސަރަހައްދުގައި އަޅާނުލެވި ދޫކޮށްފައިހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްވެސް އެކުގައި ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މާލެ ރައްޔިތުންނަށް ފަސޭހަވާނެހެން ވަސީލަތްތައް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިމަސައްކަތުގެ ތެރެއިން މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށް ޕާކިން ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިއަހަރު ތެރޭގައި 2 އިމާރާތެއްގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވީމަ މާލޭގައި ޕާކިންގ ދެ ބިލްޑިން މަސައްކަތް ހުޅުމާލޭގައި 2-3-4 ބިލްޑިންގގެ މަސައްކަތް ފަަށައިފި އެހެންވީމަ މިމަޝްރޫޢުތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ ޕާކިންއަށް ހައްލުތަކެއް އައިސް ހަނި ގޯޅިތަކުގައި ހުންނަ މައްސަލަތަކަށްވެސް ވަގުތީ ހައްލެއް އަންނާނެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަނީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ވަށާޖެހޭ ހައްލެއް ގެނައުމަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Quran

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކް ހޯދައިފި

473629 58b3876e 8

ޗައިނާއާއި ރާއްޖޭގެ ރަޙްމަތްތެރިކަމަކީ ކުރިމަގަށް އެޅިގެންދާ ބްރިޖްތަކެއް: ރައީސް

saudi - muiz

އިގުތިސޯދީ އޮނިގަނޑަށް ގެންނަން ބަދަލުގައި ސައުދީގެ ހިއްސާ އިތުރުކުރުމަށް އޮތީ ތައްޔާރަށް: ރައީސް

ސަޢޫދީީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ ޚާއްސަ ޙަފްލާ ރައީސް ޝަރަފުވެރިކޮށް ދެއްވައިފި