ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަހައްދުގެ އެއްގަމުދަތުރުފަތުރާ ގުޅޭ ހުރިހާ ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އޮފީހަކަށް

taxi
Maldivian_Ads
TTH_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެއްގަމު ދަތުރުފަތުރުގެ ބިލު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ބިލު ފާސްކުރައްވާފައިވަނީ، 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިންނެވެ.

މި ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި، އުޅަނދުގައި ދަތުރުކުރާ އަދި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ބޭނުންކުރާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތީން، އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ޒަމާނާ އެކަށޭނަ ގޮތެއްގެ މަތީން ރާވައި، ހިންގައި ބެލެހެއްޓުމެވެ.

HajjCop_ads
Advertisement

މި ބިލުގައި، އެއްގަމު ދަތުރުފަތުރު ކުރުމުގައި އުޅަނދު ދުއްވާ ފަރާތްތަކުން ތަބާވާންޖެހޭ އުސޫލުތަކާއި މިންގަނޑުތަކާއި، އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދިނުމާއި، ދުއްވުމާއި، މަޑުކުރުމާއި، ޕާކުކުރުމާއި، ބޭނުންކުރުމުގެ ހަމަތަކާއި، އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި، އަދި ޤާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، މި ކަންކަމާ ގުޅޭ އިޖުރާތުތަކާއި އުސޫލުތައް ކަނޑައަޅައިފައިވެއެވެ.

މި ބިލުން، މާލޭ ސަރަޙައްދުގައި އާބާދީ ބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް ޓަކައި، ރަޖިސްޓްރޭޝަން އެންޑް ޓްރެފިކް މެނޭޖްމަންޓް ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ގްރޭޓަ މާލެ ސަރަޙައްދު ހަމަޖައްސައި، މާލެ ސަރަޙައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް ޚިދުމަތް ދިނުމަށް ޓަކައި 3 އަހަރު ދުވަހުގެ މުއްދަތަކަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ ގެ ނަމުގައި ޙާއްޞަ އޮފީހަކާއި، އެ ސަރަހައްދާގުޅޭ ޚާއްޞަ އުސޫލުތައް ކަނޑައެޅުމަށް ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލުގެ ނަމުގައި އެޑްވައިޒަރީ ބޯޑެއް އުފައްދައި، އެއްގަމު ދަތުރުފަތުރުގެ ކަންކަން ރަނގަޅުކުރުމަށް ފަންޑެއް ވަނީ ޤާއިމުކޮށްފައެވެ.

މި ޤާނޫނާއެކު ޤާނޫނާއި ޤަވާއިދާ ޚިލާފު އަމަލެއް ކޮށްފިނަމަ ލައިސަންސް ހިފެހެއްޓޭނެއެވެ. އަދި ދައްކަންޖެހޭ ފީއާއި ޖޫރިމަނާގެ ފައިސާގެ އަދަދު 5000 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ވެއްޖެނަމަވެސް ލައިސަންސް ހިފެހެއްޓޭނެއެވެ. އަދި ލައިސަންސްގެ ޕޮއިންޓު ޑީމެރިޓް ކުރެވޭ ސިސްޓަމެއްވެސް އެކުލަވާލާނެއެވެ.

މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ޚާއްޞަ ގިންތީގެ އުޅަނދު ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް ބޭނުން ކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރުގެ މުއްދަތަކަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެއްގަމު ދަތުރުފަތުރުގެ ބިލަށް ޢަމަލުކުރަން ފަށާނީ، މި ބިލު ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މިއާއެކު، ކުރިން ޢަމަލުކުރަމުން އައި ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 78/70 (މަގުމަތީގައި ހިނގާއުޅުމުގެ ޤާނޫނު) އުވުނީއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނޭޕާލުގެ ޤާނޫނުއަސާސީގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

muiz

ސުކޫކު އެއްކޮށް ދައްކަން ނިންމެވި ސަބަބަކީ، ދަރަނިން ސަލާމަތްވުމާއި، ހަރުމުދާތައް ރަހުނުން ސަލާމަތްކުރުން: ރައީސް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Muiz

ރައީސް މުއިއްޒަށް ދެވަނަ ދައުރެއްގެ ރިޔާސީ ޓިކެޓު އަރުވައިފި