ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ތަށި އުފުލާލީ މާޒިޔާއިން

Maaziya
TTH_Ads
STO_Ads
Advertisement

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި ފައިނަލް މެޗުގައި މާޒިޔާއިން ޗެމްޕިއަންކަން ކަށަވަރުކުރީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ވާދަކޮށް 1-4 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފުގައި މާޒިޔާއިން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ނިއުރޭޑިއަންޓުގެ ކީޕަރު ޒަހުރާން ޙަސަން ޒިޔާދުގެ މޮޅު ސޭވްތަކާއެކު މާޒިޔާގެ ހަމަލާތައް ވަނީ ނާކާމިޔާބުވެފައެވެ.

މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައީ ދެވަނަ ހާފު ފެށުމާއެކުގައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ކޯނަރަކުން ލިބުނު ފުރުސަތެއްގައި މާޒިޔާގެ ޑިފެންޑަރު އޭދަން އަޙްމަދު މޫސާ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން 73 ވަނަ މިނެޓުގައި މާޒިޔާގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ވަނީ ހިތްގައިމު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. މިއީ މުޅި މުބާރާތުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ.

HajjCop_ads
Advertisement

ނިއުރޭޑިއަންޓުން މެޗުގެ ތެރެއަށް އެނބުރި އައުމަށް ކުރި މަސައްކަތުގެ ތެރެއިން، ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އަޙްމަދު ހަމްދާން ވަނީ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް މެޗުގެ ފަހު މިނެޓުތަކުގައި މާޒިޔާއިން ވަނީ އިތުރު ދެ ލަނޑު ޖަހައި ނިއުގެ އުންމީދުތައް ފުނޑުފުނޑުކޮށްލާފައެވެ. އެގޮތުން 90 ވަނަ މިނެޓުގައި ނައްސާޙް އިބްރާޙީމް ނާސިރު ލަނޑެއް ޖެހިއިރު، މެޗުގެ ފަހު ލަނޑު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އަލްޙާން ފައިސަލެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ ނައްސާޙް އިބްރާޙީމް ނާސިރެވެ. މުބާރާތުގެ ރަނަރަޕްކަން ނިއުރޭޑިއަންޓް ހޯދިއިރު، ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ކެޔޮދޫ ރެކްރިއޭޝަން ކުލަބެވެ. މި މުބާރާތުގައި މާޒިޔާ އާއި ނިއުގެ އިތުރުން އޮޑި ސްޕޯޓްސް ކުލަބާއި، ބުރު ސްޕޯޓްސް ކުލަބު އަދި ޓީސީ ސްޕޯޓްސް ކުލަބުން ވާދަކުރިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭއެފްސީން ރާއްޖެއަށް ލިބުނު ހަމައެކަނި ޖާގަ މިފަހަރު މާޒިޔާއަށް