ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭއެފްސީން ރާއްޖެއަށް ލިބުނު ހަމައެކަނި ޖާގަ މިފަހަރު މާޒިޔާއަށް

TTH_Ads
STO_Ads

އަންނަ ސީޒަނުގައި އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (އޭއެފްސީ) ގެ ކުލަބު މުބާރާތްތަކުން ރާއްޖެއަށް އެއް ޖާގަ ލިބުނުއިރު، އެ ޖާގަ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.

ގައުމުތަކަށް އަންނަ ސީޒަނުގައި އޭއެފްސީގެ ކްލަބް މުބާރާތްތަކުން ޖާގަ ލިބޭ މިންވަރު ކަނޑައަޅައި އިއުލާނުކޮށްފައިވާއިރު، ރާއްޖެއަށް ލިބުނު ހަމައެކަނި ޖާގަ މާޒިޔާއަށް ލިބިފައިވަނީ ދިވެހި ލީގުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި ރާއްޖޭގެ ލީގު ޗެމްޕިއަންކަން މާޒިޔާއިން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

ދެކުނު އޭޝިއާ ސަރަަހައްދުން އިންޑިއާ އަށް ވަނީ ދެ ޖާގަ ލިބިފައެވެ. އެގޮތުން އިންޑިއާއަށް، އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫ އިން ދެ ޖާގަ ލިބޭއިރު، އެއީ ގްރޫޕް ސްޓޭޖުގެ ޖާގައަކާއި ކޮލިފައިން ބުރުގެ ޖާގަ އެކެވެ.

Maldivian_Ads

ރާއްޖެ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ސްރީ ލަންކާ އަދި ޕާކިސްތާނަށް ފުރުސަތު ލިބުނީ އޭއެފްސީގެ ތިންވަނަ ފަންތީގެ މުބާރާތް ކަމުގައިވާ އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިން ބުރުންނެވެ. މިއިން ކޮންމެ ގައުމަކަށް ވެސް ލިބުނީ އެންމެ ޖާގައެކެވެ.

އޭއެފްސީ ކަޕްގައި ރާއްޖޭން މީގެކުރިން ކުޅެފައިވާއިރު، އޭރު ލީގު ޗެމްޕިއަނަށް ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް، އަދި އެފްއޭ ކަޕް ޗެމްޕިއަނަށް ކޮލިފައިން ޖާގައެއް ލިބޭގޮތަށް އޮތެވެ. އެހެންނަމަވެސް އޭއެފްސީން މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލުތަކާއެކު މިހާރު ރާއްޖެއަށް ލިބެނީ އެންމެ ޖާގައެކެވެ.

އޭއެފްސީ ޗެެލެންޖު ލީގު ފުރަތަމަ ބޭއްވި އަހަރު މާޒިޔާ އިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އެފަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މާޒިޔާ ވީ ބައްޔެވެ.

މިދިޔަ އަހަރު މާޒިޔާ އިން ކުޅެންޖެހުނީ އޭއެފްސީ ޗެލެންޖު ލީގުގެ ޕްލޭއޮފް ބުރުގަ އެވެ. ރާއްޖޭގައި މިދިޔަ އަހަރުގެ އޮގަސްޓު މަހު ކުޅުނު އެ މެޗުން، އަލް އަރާބި އަތުން މާޒިޔާ ބަލިވީ 4-0 އިންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު