ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެންނަން ނިންމައިފި

Large thumb
STO_Ads
TTH_Ads
Advertisement

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް އެމްޕީއެލްއިން ނިންމައިފިއެވެ.

އެމްޕީއެލްއިން ބުނީ، ކިއު މެނޭޖްކުރުމުގެ އުސޫލަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި؛ ފަސް (5) ދުވަހުގެ މުއްދަތުގެ “ހޯލްޑް” އުވާލުން ހިމެނޭއިރު، ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، “އޭ” ޒޯން އަދި “ސީ” ޒޯންގެ ކިއުއަށް ނޯޓުކޮށްފައިވާ އުޅަނދުފަހަރު ފަސް ދުވަހުގެ މުއްދަތަށް ކިއު އިން ކެންސަލް ނުވާގޮތަށް ހޯލްޑް ކުރުމަށް އޮތް ފުރުސަތު މުޅިން އުވާލެވޭނެއެވެ. ނަމަވެސް، ކިއު ފަސްކޮށްލުމުގެ ފުރުސަތު، ކުރިންވެސް އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

މީގެއިތުރުން، އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި ނޯޓުކުރުމަށް އޮންނަ ފުރުސަތު އުވައިލެވިގެންދާއިރު، އުޅަނދެއް “އޭ” ޒޯން، އެކްސްޕްރެސް ޒޯން ނުވަތަ “ސީ” ޒޯން ކިއުގައި ނޯޓުކުރަން އެދޭނަމަ، ނޯޓު ކުރެވޭނީ އެ އުޅަނދަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ކިއުއެއްގައި ކަމަށްވެސް އެމްޕީއެލްއިން މަައުލޫމާތުދެއެވެ.

HajjCop_ads
Advertisement

އެމްޕީއެލްއިން ބުނީ، އެއް ދަތުރެއްގެ ތެރޭގައި އެއްފަހަރާ ގިނަ ކިއުތަކެއްގައި ނޯޓުކުރުމުގެ ފުރުސަތު މީގެފަހުން ނުލިބޭނެ ކަމަށާއި، މި އުސޫލުގެ ބޭނުމަށްޓަކައި “އެއް ދަތުރު” ކަމަށް ބަލާނީ، ނޯތު ހާބަރުގެ ކިއުތަކުން ޖާގަ ދެވި، ކީވޯލަށް އުޅަނދު ކައިރިކޮށް މުދާ އަރުވައި ނިމި، ކީވޯލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ފުރުމުން ކަމަށެވެ.

މި ބަދަލުތަކަކީ އުޅަނދުފަހަރުތަކަށް ވީހާވެސް ފަސޭހަ އަދި އަވަސް ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެއް ކަމަށް އެމްޕީއެލްއިން ބުންޏެވެ. މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ މި ހިނގާ ޖުލައި މަހުގެ 20 ވާ ހޯމަ ދުވަހުގެ ރޭ 11:59 އިން ފެށިގެން ކަމަށް އެމްޕީއެލްއިން ބުނެއެވެ.

މި ބަދަލުތަކަކީ މާލޭ ނޯތު ހާބަރގެ ހިދުމަތް ހޯދާ އޮޑިވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް، ގެނެވުނު ބަދަލުތަކަކަށްވީއިރު، އަދި ކުރިއަށް އޮތް ތަނުގައިވެސް، އޮޑި ވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް، މާލޭ ނޯތު ހާބަރއިން ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HPnJ83IbcAA8EFG

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭގޮތުން ލޮރީ ޑްރައިވަރުންނާއެކު މަޝްވަރާކޮށްފި

މާލޭ ވިޔަފާރި ބަނދަރުގެ ބައެއް ޚިދުމަތްތައް އޮކްޓޫބަރުމަހު ތިލަފުއްޓަށް

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

MPL

ޖޫން މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ