ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޚަބަރު ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު އެޅުމަށް ދިވެހި 5 ކުންފުންޏަކާއި ހަވާލުކޮށްފި

Main 20260717
MPL_Ads
TTH_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވުޒާރާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކުރިއަށްގެންދާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، މިކަމަށް އިޢުލާންކުރުމުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަސް ކުންފުންޏަކާއެވެ. އެ ކުންފުނިތަކަކީ:

HajjCop_ads
MPL_Ads
Advertisement

އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ)
ޖޭވީ ޕާޓްނާޝިޕް – ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް
މި މަޝްރޫޢަކީ މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އަތްފޯރާ ފަށުގައި، ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށް ގެދޮރު ގަނެވޭނެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ހިންގާ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރާ ދެ ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫޢަކީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބޯހިޔާވަހިކަމުގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މީގެ ކުރިން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ކޮންމެ ކުންފުންޏަކުންވެސް ކުރާނީ 200 ހައުސިންގ ޔުނިޓުގެ މަސައްކަތް ކަމަށެވެ. މީގެތެރެއިން ކޮންމެ ކުންފުންޏަކާ ޙަވާލުކުރާ މަޝްރޫޢުގެ ތެރެއިން 60 ޔުނިޓަކީ 2 ކޮޓަރި ކަމަށާއި، 140 ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓުތަކެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

2 ކޮޓަރިތަކުގައި 700 ފޫޓު އަދި 3 ކޮޓަރީގެ އެޕާޓްމަންޓުތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެއެވެ. މީގެއިތުރުން މިއިމާރާތްތަކުގެ ފިނިޝިންއާއި އިމާރާތުގެ ކުރިމަތީގައި އޮންނަ ޖާގަ ފަދަ ކަންކަން ކުރީގެ މަޝްރޫޢުތަކާއި ތަފާތުވާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr Muthalib

އައްޑޫ ލިންކް ރޯޑު ތަރައްޤީކުރަނީ މަގު އެއްކޮށް ބަންދު ނުކޮށް: މުއްޠަލިބު

Ew

ރަކީދޫގެ މީހުން ބަދަލުކުރުމުގެ މަސައްކަތް ހުއްޓިފައިވަނީ އެއްބަސްވުމަކަށް ނާދެވިގެން ކަމަށް ވަޒީރު ވިދާޅުވެއްޖެ

Igmh

ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކަށް މި ހަފުތާގެ ތެރޭގައި ގޯތި ހަވާލުކޮށް ނިންމަނީ

Igmh

ހިތަދޫ އަދި ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމަން އަމާޒުކޮށްފި