ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިލެންޑް އެވިއޭޝަން ހައުސިން ޔުނިޓުތައް ތަރައްޤީކުރަން ބަޔަކު ހޯދަނީ

TTH_Ads
Maldivian_Ads
STO_Ads
Advertisement

ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަންގެ މުވައްޒަފުންނަށް ބޯހިޔާވަކިން ފޯރުކޮށްދިނުމަށް ބޭނުންވާ ހައުސިން ޔުނިޓްތައް އަޅާނެ ބަޔަކު ހޯދުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލައިފިއެވެ. އައިލެންޑް އެވިއޭޝަންގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދޭން ހައުސިން ޔުނިޓްތައް ތަރައްޤީ ކުރަނީ ހުޅުމާލޭގައެވެ.

އައިލެންޑް އެވިއޭޝަނުން ވަނީ އެކުންފުނީގެ ފްލެޓްތައް ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން އަޅައިދޭނެ ފަރާތެއް ހޯދުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިމަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހު ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އެކުންފުނިން ވަނީ ހުޅުވާފައެވެ. މިމަޝްރޫޢުގެ ދަށުން އައިލެންޑް އެވިއޭޝަންގެ ފްލެޓްތައް ޑިޒައިންކުރުމުގެ އިތުރުން އައިލެންޑް އެވިއޭޝަނުން ކަނޑައަޅާފައިވާ މިންގަނޑަށް އަޅަން ޖެހެއެވެ.

ހުޅުމާލޭގައި ހައުސިން ޔުނިޓްތައް ތަރައްޤީކުރަން އެކަމާއި ގުޅޭ އެއްބަސްވުމެއްގައި އައިލެންޑް އެވިއޭޝަނާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާ ދެމެދުވަނީ ސޮއިކޮށްފައެވެ. މި ޔުނިޓްތައް ތަރައްޤީކުރަން ބޭނުން ކުރާ ބިމަކީ 20،819 އަކަފޫޓުގެ ބިމެއް ކަމަށް އައިލެންޑް އެވިއޭޝަނުން ވިދާޅުވެއެވެ.

HajjCop_ads
Advertisement

އެކުންފުނީގެ މުވައްޒަފުންނަށް ތަރައްޤީކުރާ ހައުސިން ޔުނިޓްތައް އަޅާ އިމާރާތަކީ 14 ފަންގިފިލާގެ އިމާރާތަކަށް ވާންޖެހޭނެ ކަމަށް އެކުންފުނިން އާންމު ކޮށްފައިވާ ލިއުންތަކުން އެނގެއެވެ. މިއިމާރާތުގައި ވިޔަފާރި ޖާގަތަކާއި ޕާކިން ޖާގަތައް ހިމެނޭނެއެވެ. އަދި ފްލެޓްތަކުގެ 30 އިންސައްތަ ވާން ޖެހެނީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށެވެ. އަދި 60 އިންސައްތަ 3 ކޮޓަރީގެ އެޕާޓްމެންޓުތަކަށްވާއިރު، 10 އިންސައްތަ ފްލެޓްތަކަކީ 4 ކޮޓަރި ހިމެނޭހެން ތަރައްޤީ ކުރާ ފްލެޓްތަކެކެވެ.

އައިލެނޑް އެވިއޭޝަނުން އެކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިން ޔުނިޓު ތަރައްޤީ ކުރަން މަސައްކަތް ކުރަމުން އަންނައިރު، ކުންފުނީގެ ޚިދުމަތްތައް އެއްތަނަކުން ލިބޭނެހެން ހުޅުމާލޭގައި މައި އޮފީހެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މިއިމާރާތުގައި ބޭސްމެންޓް ހިމެނޭހެން ޖުމްލަ 12 ފަންގިފިލާ ހުންނާނެއެވެ. އަދި އިމާރާތުގެ ބޭސްމެންޓް ޚާއްސަކޮށްފައިވަނީ، މުވައްޒަފުންގެ ޕާކިންގއަށް ކަމަށާއި، ފުރަތަމަ ފަންގިފިލާގައި ޓިކެޓް އޮފީހެއް ޤާއިމްކުރެވޭނެ ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދެއްވައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

މި ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލެއް ނުގެނޭ: އަމީން

Maldivian

މޯލްޑިވިއަންގެ ފްލީޓަށް އެއަރބަސް ދެ ބޯޓު ހޯދުމަށް އިއުލާނުކޮށްފި

މޯލްޑިވިއަންގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ރަނގަޅު ނަތީޖާދަނީ ފެންނަމުން: އަމީން

ލަގްޒަރީ ފެންވަރުގެ ޚިދުމަތްތަކާއެކު މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލް ހުޅުވައިފި