ހިމަބިހި ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ޒުވާނަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ. މަރުވި އިރު އޭނާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ ހޮސްޕިޓަލުގައި އެވެ.

"ދުވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ހިމަބިހި ޖެހިގެންނެއް ނޫނެވެ. އޭނާއަށް ހިމަބިހި ޖެހުނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އިޝްތިހާރު އިޝްތިހާރު

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ބަލިތަކުން ދިފާއުވުމަށް ހަށިގަނޑުގެ ތެރޭގައި މަސައްކަތްކުރާ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ފަރާތެކެވެ.

މި ދުވަސްވަރު ރާއްޖޭގައި ހިމަބިހި ހަލުވި ކަމާއި އެކު ދަނީ ފެތުރެމުންނެވެ. އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައި އެވެ.

ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް 121 މީހަކަށް ހިމަބިހި ޖެހިފައިވެ އެވެ.