ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަކީދޫގެ މީހުން ބަދަލުކުރުމުގެ މަސައްކަތް ހުއްޓިފައިވަނީ އެއްބަސްވުމަކަށް ނާދެވިގެން ކަމަށް ވަޒީރު ވިދާޅުވެއްޖެ

Ew
STO_Ads
TTH_Ads
Advertisement

އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ވ. ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ ރަށުގެ ރައްޔިތުންނާ އެކު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން ކަމަށް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވ. ރަކީދޫގެ ބައެއް ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެދިފައިވާ މައްސަލައާ ގުޅޭގޮތުން ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިގޮތުން ރައްޔިތުންގެ އެދުމާ އެއްގޮތަށް އެކަން ކުރިއަށް ނުދާ ސަބަބު މެންބަރު އޮޅުންފިލުއްވުމުން ވަޒީރު ވަނީ އެކަމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ފާހަގަކުރެއްވީ ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަކީ އަދިވެސް ސަރުކާރުގެ ވިސްނުމެއް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ގޯތި ހަވާލުކުރުމަށްޓަކައި ސަރުކާރުން ސާވޭއެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް އެ ސާވޭއިން ދެއްކި ގޮތުގައި ރަށުގެ ބައެއް ފަރާތްތަކުން އެހެން ރަށަކަށް ބަދަލުވާން ބޭނުން ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތަކީ ރަށުގެ ހުރިހާ ރައްޔިތުންގެ އެއްބަސްވުމާއެކު މީހުން ބަދަލުކުރުން ކަމަށްވާތީ އެއްބަސްވުމަކަށް ނާދެވޭހާ ހިނދަކު އެ މަސައްކަތް ނުފެށޭނެ ކަމަށް ވަޒީރު ސާފުކޮށްދެއްވިއެވެ.

HajjCop_ads
Advertisement

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިކަމާ ގުޅޭ މަޝްވަރާތައް ރައްޔިތުންނާއެކު އަދިވެސް ދަނީ ކުރިއަށެވެ. އަދި ރަށުގެ ރައްޔިތުން އެއްބަސްވާކަމަށްވާނަމަ މީހުން ބަދަލުކުރުމުގެ އަމަލީ މަސައްކަތް ވަގުތުން ފެށުމަށް ސަރުކާރު އޮތީ ތައްޔާރަށެވެ. މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަކީދުއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ބައެއް ރައްޔިތުން ވަނީ ކ. ތުލުސްދޫ ފަދަ އާބާދީ ބޮޑު ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. އެހެންނަމަވެސް މި މައްސަލައިގައި އަދިވެސް އަމަލީ ސިފައެއް ނައިސް އޮތީ ރައްޔިތުންގެ މެދުގައި އެއްގަލަކަށް ނޭރިގެން ކަމަށް ވަޒީރުގެ ވާހަކަފުޅުން ވަނީ ޔަގީންވެފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

އައްޑޫ ލިންކް ރޯޑު ހަލާކުވެގެން ދިޔައިރު އިސްކަން ނުދިނީ ކީއްވެގެންތޯ ސުވާލުކުރައްވައި މިނިސްޓަރު މުއްޠަލިބް ފާޑުވިދާޅުވެއްޖެ

Qw

ހުޅުމާލޭގައި އިތުރު 5000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަނީ

788

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ސުވާލު އަމާޒުވި ވަޒީރަކީ ހައުސިން މިނިސްޓަރު

Minister Muthalib

އައު ހައުސިން މަޝްރޫޢުތަކާއެކު ބޯހިޔާވަހިކަމަށް އޮތް ކިޔު ކުޑަވާނެ: ޑރ. މުއްތަލިބު