ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތައިލެންޑަށް ދަތުރުކުރާ މީހުން ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް މޯލްޑިވިއަނުން އިލްތިމާސްކޮށްފި

43
STO_Ads
TTH_Ads
Maldivian_Ads
Advertisement

ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ގައުމަށް އެތެރެވުމުގެ ކުރިން އޮންލައިންކޮށް އެރައިވަލް ކާޑު ފުރިހަމަކުރުމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން އަންގައިފިއެވެ.

ތައިލެންޑަށް ދަތުރުކުރާ މީހުން އެ ގައުމަށް އެތެރެވުމުގެ ކުރިން ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން އިލްތިމާސްކޮށްފިއެވެ. މޯލްޑިވިއަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ވައިގެ މަގުން ތައިލެންޑަށް ދަތުރުކުރާ މީހުން އެ ގައުމަށް އެތެރެވުމުގެ ތިން ދުވަހުގެ ކުރިން ޑިޖިޓަލް އެރައިވަލް ކާޑު ޕޯޓަލް މެދުވެރިކޮށް ދަތުރުގެ ތަފުސީލުތައް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.

ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް މި ބަދަލު ގެނެސްފައިވަނީ މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހުއެވެ. މި އާ ބަދަލާއެކު، މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ގައުމަށް ދަތުރުކުރާ ކޮންމެ މީހަކުވެސް އޮންލައިންކޮށް މި ކާޑު ފުރިހަމަކުރުމަކީ މަޖުބޫރު ކަމެކެވެ. މިއީ ދަތުރުވެރިންނަށް ފަސޭހައިން އިމިގްރޭޝަންގެ ކަންކަން ހަމަޖެއްސުމަށްޓަކައި އަމަލުކުރަން ފެށި ނިޒާމެކެވެ.

HajjCop_ads
Advertisement

ދަތުރުވެރިން މި ކާޑު ފުރިހަމަކުރުމަށްފަހު، އެކަން ކަށަވަރުކޮށްދޭ ޑިޖިޓަލް ކޮޕީއެއް ރައްކާތެރިކޮށްފައި ބޭއްވުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ. އަދި ތައިލެންޑަށް އެތެރެވާއިރު އިމިގްރޭޝަން ކައުންޓަރަށް މި ކޮޕީ ހުށަހެޅުމަކީ ދަތުރުވެރިންގެ ޒިންމާއެއް ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

މި ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލެއް ނުގެނޭ: އަމީން

Maldivian

މޯލްޑިވިއަންގެ ފްލީޓަށް އެއަރބަސް ދެ ބޯޓު ހޯދުމަށް އިއުލާނުކޮށްފި

މޯލްޑިވިއަންގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ރަނގަޅު ނަތީޖާދަނީ ފެންނަމުން: އަމީން

ލަގްޒަރީ ފެންވަރުގެ ޚިދުމަތްތަކާއެކު މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލް ހުޅުވައިފި