ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢުމުރުން ދުވަސްވީ އާބާދީއަށް އެއްބާރުލުން ދިނުމަށް ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުން ލާޒިމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

DSC
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވި ޚިޠާބުގައި، ރާއްޖޭގެ ޢުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާތީ، އެ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ޒުވާނުންގެ ޞިއްޙަތަށާއި ކުރިއެރުމަށް ވުނަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޒުވާނުންގެ ކުރިއެރުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުޅަހެޔޮ ޞިއްޙަތެއްގައި ޒުވާނުން ބިނާކުރުމަކީ ދިގުދެމިގެންދާ ބަލިތަކުން އެމީހުން ސަލާމަތްކޮށްދޭނެ ކަމެއް ކަމަށެވެ. މީގެ ސަބަބުން މުސްތަޤުބަލުގައި އުފެއްދުންތެރި މަސައްކަތްތެރީންނާއި، ދުވަސްވީ މީހުންނަށް އަޅައިލާނެ މަދަދުވެރީން އުފެދިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 39 އިންސައްތައަކީ ޒުވާނުންކަމަށް ވާއިރު، ފެންވަރު ރަނގަޅު ތަޢުލީމާއި މާނަހުރި ވަޒީފާގެ ފުރުޞަތުތައް އެ ފަރާތްތަކަށް ހޯދައިދިނުމަކީ ސަރުކާރުން އިންތިހާއަށް އަހަންމިއްޔަތުކަންދޭ ކަމެއްކަމުގައި ވެސް ވިދާޅުވިއެވެ.

ކެއަރ އިކޮނޮމީއަށް ވުނަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެމަނިކުފާނު ވިދާޅުވީ މީގެ ސަބަބުން ދުވަސްވީ މީހުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ އެއްބާރުލުން ކަށަވަރުކުރެވޭނެ ކަމަށެވެ. އަދި އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމުގެ ބުރަ، ވަކީން ޚާއްޞަކޮށް އަންހެނުންނާއި އަންހެންކުދީންގެ ކިބައިން ލުއިކޮށްދެވި، އިންސާނީ ކަރާމާތް ނަގަހައްޓައިދީ، އިތުރަށް ވިލުންތެރި އަދި ފާގަތި މުޖުތަމަޢެއް ބިނާކުރެވޭނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއާއެކު ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރެވޭނީ ޤައުމުގެ ޒުވާނުންގެ ފުރިހަމަ ޤާބިލިއްޔަތު ބޭނުންކުރުމަށް އެމީހުން ބާރުވެރިކޮށްގެންކަން އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.

HajjCop_ads
Advertisement

ދިވެހިރާއްޖެ މިއަދު އޮތީ އާބާދީގެ ނިސްބަތްތަކަށް އަންނަމުންދާ ބަދަލުތަކުގެ މުހިންމު އިންތިޤާލީ މަރުޙަލާއެއްގައިކަން ބަޔާންކުރައްވައި، މޯލްޑިވްސް 2.0 ގެ ދަށުން ޢާންމު ޚިދުމަތްތައް ޒަމާނީކޮށް، ސުމޭކު ބިނާރާއި އިޤުތިޞާދު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން، އާބާދީގެ ތަފާސްހިސާބުތައް އަދާހަމަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރަށު ފެންވަރުގައި އިދާރީ ދަފްތަރުތައް ހަރުދަނާކޮށް ހިންގުމުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި 2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށްގެންދާނީ އިދާރީ ދަފްތަރުތަކާއި ބޯހިމެނުމުގެ އުސްލޫބުތައް އެކުލަވާލައިގެން ތައްޔާރުކުރާ ހައިބްރިޑް އުޞޫލަކުންކަން އެމަނިކުފާނުގެ މެސެޖުގައި އިޢުލާނުކުރެއްވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް

Sii

ޕިމްސް ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރަށް ތަޢުޒިޔާ ފޮނުއްވައިފި

Sii

ޢަލީ ޝަފީޤު އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

470636 9cfacb33 2

ޕަލާއޫގެ ހިއުމަން ރިސޯސަސް، ކަލްޗަރ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި