ފީފާ ވޯލްޑް ކަޕްގެ ކުއާރޓާ ފައިނަލުގައިމިރޭ ފްރާންސާ ދެކޮޅަށް ނިކުންނައިރު އެޓީމުގެ ވަކިވަކ ކުޅުންތެރިން ހުއްޓުވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެންކަމަށް މޮރޮކޯގެ ކޯޗު ބުނެފިއެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ބުނީ ފްރާންސްގެ ވަކިވަކި ކުޅުންތެރިން ވަރަށް ވަރުގަދަ ކަމަށާއި، ނަމަވެސް ޓީމެއްގެ ގޮތުގައި ކުޅެފިނަމަ ބަލިކުރެވިދާނެކަމަށެވެ. ފުޓްބޯޅާގައި ވަކިވަކި ކުޅުންތެރިންގެ ހުނަރަށްވުރެ ޓީމުވަންތަކަން މާ ވަރުގަދަވާނެކަމަށްވެސް މޮރިކޯގެ ކޯޗު ބުންޏެވެ.

ކޯޗު ބުނީ މޮރޮކޯ ޓީމަށްވެސް ބޮޑެތި ކުރިއެރުންތަކެއް މިހާރު އައިސްފައިވާކަމަށާއި، އެންމެ ފަހުގެ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅުމަކީ ޓީމަށް ލިބުނު އިތުބާރެއްކަމަށްވެސް ކޯޗު ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު
އަހަރުމެން މިތިބީ ނަތީޖާ ނެރެން. އަހަރުމެން ބޭނުންވަނީ މޮޅުވާން. އެކަމަށް ހުރިހާ ކުޅުންތެރިން އެތިބީ ތައްޔާރަށް. އަހަރުމެންގެ ޓީމުގައި ގުޅުން ވަރަށް ބޮޑު. އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް.

މޮރޮކޯގެ ކޯޗު ބުންޏެވެ.

2022 ވަނަ އަހަރުގެ ސެމީގައި މި ދެޓީމު ވާދަކޮށްފައިވާއިރު، އެމެޗުން ފްރާންސް މޮޅުވީ 0-2އިންނެވެ.