ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ސުޕްރީމް ލީޑަރުގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނީ ޕްރޮޓޮކޯލް ބަދަލުވުމުން: ސަރުކާރު

Ew
TTH_Ads
STO_Ads
Advertisement

އީރާނުގެ ޕްރޮޓޮކޯލަށް ފަހު ވަގުތު އައި ބަދަލަކާ ގުޅިގެން، އާޔަތުﷲ އަލީ ޚާމަނާއީގެ ރަސްމީ ޖަނާޒާގައި ދިވެހިރާއްޖޭގެ މަންދޫބަކަށް ބައިވެރިވެވަޑައިނުގެންނެވުނުކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ޚާމަނާއީގެ ރަސްމީ ޖަނާޒާގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ދައުވަތު ލިބިފައިވެއެވެ. އަދި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާއަށާއި އޯއައިސީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ކަމަށް އީރާން ސަރުކާރަށް އޮތީ ރަސްމީކޮށް އަންގާފައެވެ. ނަމަވެސް، ސަފީރު ފުރާވަޑައިގަންނަވަން ކައިރިވެފައި ވަނިކޮށް، ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް ހަމަޖެއްސުމުގެ އުސޫލަށް ގެނައި ބަދަލަކާ ގުޅިގެން ސަފީރުންގެ ފެންވަރުގައި ޖަނާޒާގައި ބައިވެރިނުވެވޭނެ ކަމަށް އީރާން އެމްބަސީން ވަނީ އަންގާފައެވެ.

މި މައުލޫމާތު ލިބުމާއެކު، ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގެ ބޭފުޅަކު ޖަނާޒާއަށް ފޮނުވުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރިއަށް ގެންދިޔައެވެ. އެހެންނަމަވެސް، ތެހެރާނަށް ދިއުމަށް ފްލައިޓްތަކަށް ހުއްދަ ދެވޭ ސުންގަޑި ކައިރިވެފައިވުމާއި، ސްޓޭޓް މިނިސްޓަރަށް ތެހެރާނަށް ވަޑައިގެންނެވޭނީ ޖަނާޒާގެ ރަސްމީ ބައި ނިމޭ ފަހުން ކަމަށް ވާތީ އެ ދަތުރުފުޅު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

HajjCop_ads
Advertisement

ރާއްޖެއިން ސްޓޭޓް މިނިސްޓަރެއް ފޮނުވުމަށް ނިންމި ނިންމުމަށް އީރާން ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި ވަގުތު ދަތުރުފުޅު ކުރެއްވުމުގެ ބަދަލުގައި، ފަހުގެ ތާރީޚެއްގައި ސަރުކާރުގެ އިސް ބޭފުޅަކު އީރާނަށް ޒިޔާރަތް ކުރެއްވުމަށް އެ ގައުމުން ވަނީ ލަފާދީފައެވެ. އީރާނުގެ ސުޕްރީމް ލީޑަރު އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ވަނީ އީރާނުގެ ޚާރިޖީ ވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

88887

އިސްރާއީލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލައިފި

8u

ހޮރްމޫޒު ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަން ހޯދުމަށް ހުށަހެޅި ގަރާރުގެ ސްޕޮންސަރުންގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ

Foreign ministry

ޚާރިޖީ ގުޅުންތަކާ ގުޅޭގޮތުން ވާހަކަދައްކާއިރު ޙިކުމަތްތެރިވާންޖެހޭ: ފޮރިން މިނިސްޓްރީ