ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހދ.އަތޮޅު ބޯޑު އެކުލަވާލުމުގެ މަސައްކަތް ހުއްޓާލަން އަންގައިފި

STO_Ads
TTH_Ads
Advertisement

އަތޮޅުގެ ތަރައްގީއަށް ހުރިހާ ރަށެއް ބައިވެރިވެގެން މަސައްކަތް ކުރަން ހާއްސަ ބޯޑެއް އެކުލަވާލަން ހދ. އަތޮޅުގެ ރަށްތަކުން ފެށި މަސައްކަތް ކުރިއަށް ނުގެންދިޔުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ — އެލްޖީއޭއިން އަންގައިފިއެވެ.

ހދ. އަތޮޅު ރަށްތައް ތަމްސީލު ވާނެހެން ބޯޑެއް އުފެއްދުމަށް ނިންމުމާއި ގުޅޭ ގޮތުން އެ އަތޮޅުގެ އެންމެހާ ކައުންސިލުތަކުގެ ރައީސުންނާއި އެކު އޮންލައިން މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ. އެ މަޝްވަރާތަކުގައި އަތޮޅުގެ ތަރައްގީއާއި ރަށްރަށުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށް އަތޮޅު ތަރައްގީއަށް މަސައްކަތްކުރާނެ ބޯޑުގެ މަގުސަދުތައް ކަނޑައަޅާ މަސައްކަތްކުރާނެ ގޮތުގެ އުސޫލެއް މި މަހު 15 ގެ ކުރިން އެކުލަވާލުމަށް ނިންމާފައިވާ ކަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އާއްމުކުރިއެވެ.

އެކަމާ ގުޅިގެން އެލްޖީއޭއިން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފަށް ފޮނުވި ސިޓީގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން އަތޮޅު ކައުންސިލުތައް އުވާލާ، އަތޮޅު ކައުންސިލުން ދެމުން ގެންދިޔަ އިދާރީ ދާއިރާގެ ހިދުމަތްތަކާއި މަސްއޫލިއްޔަތުތައް ވަނީ އެލްޖީއޭގެ ދަށަށް ބަދަލުކޮށްފައިކަމަށެވެ.

HajjCop_ads
Advertisement

އެ ނިންމުމަށް ބަލާއިރު މުޅި އިދާރީ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެ އޮތޯރިޓީގެ ގާނޫނީ މަސްއޫލިއްޔަތެއްކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ހދ. އަތޮޅު ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލާ މަސައްކަތް ކުރުމަކީ ކުރެވިދާނެކަމެއް ކަމަށް އެ އޮތޯރިޓީން ނުދެކޭކަމަށް ސިޓީގައިވެއެވެ. އަދި ކައުންސިލްތަކުގެ މައްޗަށް އެކުލެވިގެންވާ ވަކި ބޯޑެއް އަތޮޅެއްގައި ގާއިމުކޮށްގެން އުފައްދައިގެން މަސައްކަތްކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ މަފްހޫމާ ފުށުއަރާކަމެއްކަމުގައި ބަޔާންކޮށްފައިވެއެވެ.

ވުމާއެކު، ހދ. އަތޮޅު ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލުތައް އެކުވެގެން އުފެއްދުމަށް ނިންމާފައިވާ ބޯޑުގެ މަސައްކަތް ކުރިޔަށް ނުގެންގޮސް، މި ފަދަ ބޯޑެއް އެކުލަވާލުމަށް ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލުތައް އެކުވެގެން ނިންމަވާފައިވާ ނިންމުމަށް ވާސިލުވުމަށް ކަނޑައެޅި ގާނޫނީ މިންގަނޑު ސާފުކޮށްދިނުމަށް އެލްޖީއޭއިން އެދިފައިވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

LGA

އަތޮޅު ކައުންސިލްތައް އުވުމުން ކޮންމެ އަތޮޅަކަށް އެލްޖީއޭގެ އަތޮޅު އޮފީހެއް ގާއިމުކުރަނީ

majilis

އެލްޖީއޭގެ މުވައްޒަފުން ސީއެސްސީގެ ދަށަށް ބަދަލުކުރަން ފާސްކޮށްފި

IMG 20240109 192849 rm3mb0f8lcgtj1arbolmmuiz2o6chifjlcyxr1bgwo

ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ކުރިއަށްދާނެ ގޮތުގެ އުސޫލު އާންމުކޮށްފި

LGA

ޤާނޫނީ ހުސްކަމެއް ނެތް، އަތޮޅު ކައުންސިލްތަކުގެ މަސްޢޫލިއްޔަތު އެލްޖީއޭއަށް