ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޯރަފުށީ ފަރުމައްޗަށް މަރުވެފައި އޮތް 30 ފޫޓުގެ ބޮޑުމަހެއް ލައްގައިފި

Io
TTH_Ads
Maldivian_Ads
STO_Ads
Advertisement

ހއ. ހޯރަފުށީގެ ހުޅަނގު ފަރާތު ފަރުމައްޗަށް މަރުވެފައި އޮތް 30 ފޫޓުގެ ބޮޑުމަހެއް ލެއްގުމާ ގުޅިގެން، ކަމާބެހޭ އިދާރާތައް ގުޅިގެން އެ މަސް އެއްގަމަށް ނަގައި ރައްކާތެރިކަމާއެކު ވަޅުލައިފިއެވެ.

ހޯރަފުށީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މަރުވެފައި އޮތް މި ބޮޑުމަސް ފެނުމާ ގުޅިގެން، އެ މަސް ފަރުމަތިން ނަގައި އެއްގަމަށް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ގިނަ މުއައްސަސާތަކެއް ގުޅިގެންނެވެ. މިގޮތުން ރަށު ކައުންސިލާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމްޓީސީސީ ހޯރަފުށީ ސައިޓްގެ ފުރިހަމަ އެހީތެރިކަން މި މަސައްކަތުގައި ލިބިފައިވާކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.

މަރުވެފައި އޮތް ބޮޑުމަހެއް ރަށުގެ ފަރުމަތީގައި އޮތުމަކީ އޭގެ ސަބަބުން ތިމާވެއްޓަށާއި އާންމު ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަކަށްވާތީ، ކަމާބެހޭ ފަރާތްތަކުން ވަނީ ހަލުވިކަމާއެކު ފިޔަވަޅު އަޅާފައެވެ. ފަރުމަތީގައި އޮތް މި ބޮޑުމަސް ބޮޑެތި މެޝިނަރީ ބޭނުންކޮށްގެން ގޮނޑުދޮށަށް ނެގުމަށްފަހު، ރައްކާތެރިކަމާއެކު މިހާރު ވަނީ ވަޅުލާފައެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޯރަފުއްޓަށް 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް

Original

ހޯރަފުށީ ކުޑަކުދިންގެ މަރުކަޒުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

Io

ހޯރަފުށީ ކުރީގެ ކައުންސިލަރުންގެ ކޮރަޕްޝަން މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފި

Hirimaradhoo

ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި