ހއ. ހޯރަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ކަރަންޓު އުފެއްދާ މިންވަރު އިތުރުކުރުމަށްޓަކައި 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފިއެވެ.
މި އައު ޖެންސެޓް އެ ރަށަށް ގެނައުމުގެ ކުރިން ހޯރަފުށީ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީއަކީ 2,720 ކިލޯވޮޓެވެ. ނަމަވެސް އަލަށް ގެންދެވުނު ޖެންސެޓާއެކު އެ ރަށުގައި ކަރަންޓު އުފެއްދޭ މިންވަރު 3,350 ކިލޯވޮޓަށް އިތުރުވެގެންދާނެއެވެ.
މި ޖަނަރޭޓަރު އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމުން ހޯރަފުށީގެ ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވާނެއެވެ. އަދި މެދުކެނޑުމެއްނެތި އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

ރަށްރަށުގެ އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކޮށް އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގެންދެވުނު މި ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު