ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވާދަވެރި ކުރިމަތިލުމަކުން މެކްސިކޯ ކަޓުވާލައި އިންގްލޭންޑު ކުއާރޓާއަށް

Harry kane 9 england scores
TTH_Ads
Maldivian_Ads
STO_Ads
Advertisement

3-2އިން މެކްސިކޯ ބަލިކޮށް، ފީފާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން އިންގްލެންޑް ޖާގަ ހޯދައިފިއެވެ.

1986 ވަނަ އަހަރުގެ މުބާރާތުގެ ކްއާޓާ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި، މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި  އިންގްލެންޑަށް ދެ ލަނޑުގެ ލީޑެއް ނަގައިދިނީ ފުރަތަމަ ހާފްގައެވެ. ދެ ލަނޑުވެސް ޖަހައިދިނީ މިޑްފީލްޑަރ ބެލިންގހަމްއެވެ. ރަތަމަ ގޯލް ބުކާޔޯ ސަކާ ނަގައިދިން ހުރަސް ބޮލުން ގޯލަށް ފޮނުވާލީ 36 ވަނަ މިނިޓްގައެވެ. 38 ވަނަ މިނިޓްގައި ދެވަނަ ގޯލް ޖެހީ ހެރީ ކޭން ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ބެލިންގހަމް ކޭންއަށް ބޯޅަ ދިނުމަށްފަހު އޭރިޔާ ތެރެއަށް ވަނުމުން، ދިން ހިއްގައިމު ބޯޅަ ގޯލަށް ފޮނުވާލީ ގޯލްއޭރިޔާ ރޮނގުމަތިންނެވެ. އޭގެ ތިން މިނިޓް ފަހުން ހޫލިއަން ކިއުނޮނެންސް އޭރިޔާ ތެރޭގައި ހުރެ ގޯލުގެ މަތީ ދާގަނޑުގައި ތައްކޮށްލި ބޯޅައިން ފަރަގު ކުޑަކުރިއެވެ. އެއީ ހިލޭ ޖެހުމަކުން އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅައަކުން ތަނަވަސްކުރި ފުރުޞަތެކެވެ. މިއީ ކިއުނޮނެންސް މުބާރާތުގައި ޖެހި 4 ވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފްގައި އިންގްލޭންޑުގެ ކުޅުންތެރިއަކަށް ވަނީ ރަތްކާޑު ދައްކާފައެވެ. ކްއަންސާ މެކްސިކޯގެ ގަލާޑޯއަށް ކުރި ފައުލަކަށް ވީއޭއާރުން ބެލުމަށްފަހު ވަނީ ރަތްކާޑު ދައްކާ ފދަނޑުން ފޮނުވާލާފައެވެ. ތިންވަނަ ލަނޑެއް ޖެހީ މެކްސިކޯ ކީޕަރު އެންތަނީ ގޯޑަން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުންނެވެ. ލަނޑު ޖެހީ ހެރީ ކޭން އެވެ. މިއީ ކޭން މުބާރާތުގައި ޖެހި 6 ވަނަ ގޯލެވެ. މެޗު ނިމުމުގެ ކުރިން މެކްސިކޯއިން އަލުން ފަރަގު ކުޑަކުރީވެސް ޕެނަލްޓީއަކުންނެވެ. އެއީ ކޭން ގުޓިއެރޭޒް އަށް ކުރި ފައުލަކަށް ވީއޭއާރުން ބެލުމަށްފަހު ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކުރީ ރައުލް ހިމެނޭޒްއެވެ.

HajjCop_ads
Advertisement

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

Screenshot 2026 07 23 at 20.05.52

ފީފާގެ ޑްރީމް ޓީމުގައި އެމްބާޕޭ، މެސީ، ރޮޑްރީ، އަދި ކާބޯވޭޑޭގެ ކީޕަރު