ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގައި ފެންބަލާގޮސް ތިބި އާންމުންނަށް ހަމަލާދީ ދެމީހުން ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށްލައިފި

ޣައްޒާ:
Maldivian_Ads
TTH_Ads
STO_Ads
Advertisement

އިސްތިއުމާރީ ސިފައިން ޣައްޒާއަށް ދިން ޓެރަރިސްޓު ހަމަލާތަކެއްގައި ޣައްޒާއިން އިތުރު ދެމީހުން ޝަހީދު ކޮށްލައިފިއެވެ.

މި ހަމަލާގައި އިތުރު އެތައް ބަޔަކު ޒަޚަމްވި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އިސްތިއުމާރީ ސިފައިން ޓެރަރިސްޓު ވައިގެމަގުން ހަމަލާ ދީފައިވަނީ ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީގެ އުމަރު އަލް މުޚުތާރު މަގުގައި އުޅުނު އާންމުންގެ ގްރޫޕަކަށެވެ. އެމީހުން ތިބީ ވޯޓަރ ޑިސަލިނޭޝަން ސްޓޭޝަނެއްގެ ކައިރިއަށް ފެންބަލާ ގޮހެވެ.

HajjCop_ads
Advertisement

މީގެއިތުރުން، ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގެ ގަތަރު ކޭމްޕް ކައިރީގައި އުޅުނު އާންމުންގެ ގަޔަށް ބަޑިޖަހައި އެތައް ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ. ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައިވެސް އާންމު މީހެއްގެ ބޮލަށް ބަޑިޖަހާފައި ވެއެވެ.

ޣައްޒާގެ ދެކުނުން ރަފަހް ސިޓީގައި ގެދޮރު ގެއްލި މަގުމަތިވެފައިވާ އާންމުން ދިރިއުޅޭ ޓެންޓުތަކަށްވެސް އިސްތިއުމާރީ ޓެރަރިސްޓުން މިއަދުވަނީ ބަޑިޖަހާފައެވެ.

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހެދިފައި އޮތްނަމަވެސް، އިސްތިއުމާރީ ސިފައިން ގެންދަނީ ކޮންމެ ދުވަހަކު ޣައްޒާގެ އުތުރާއި، މެދުތެރެއާއި ދެކުނުގެ ރަށްތަކުގައި އާންމުންނަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

އަސްކަރީ ޖެޓުތަކާއި ޑްރޯން ބޭނުންކޮށްގެން ބޮންއަޅައި މިސައިލުންވެސް ހަމަލާ ދެމުންގެންދާއިރު، އެއްގަމުމަގުން ޣައްޒާއަށް އަރައިގެންއުޅޭ ޓެރަރިސްޓުން ގެންދަނީ ބޮޑުބަޑިންނާއި ބަޑިން ހަމަލާދީވެސް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

މީގެއިތުރުން، ބުލްޑޯޒަރުތައް ވައްދައިގެން ޣައްޒާގެ އެކި ހިސާބުތަކުން އެތައް ގެއަކާއި އާންމުން ދިރިއުޅޭ އެތައް އިމާރާތެއްވެސް އިސްތިއުމާރީ ސިފައިން ކޮންމެ ދުވަހަކު ގެންދަނީ ހަލާކުކޮށް ސުންނާފަތި ކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން ވަދެ 20 މީހަކު ހައްޔަރުކޮށްފި

ޣައްޒާ ނަސްލުނައްތާލުމުގައި ޖަރުމަނު ބައިވެރިވާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭގައި ފަށައިފި

އެއްފަހަރާ އެތައް ދިމާއަކުން އިސްރާއީލަށް ހަމަލާދޭން އީރާނު ތައްޔާރުވަމުންދާ ކަމަށް ތުހުމަތުކޮށްފި

ލުބުނާނުގެ ދެކުނުގެ ހޮސްޕިޓަލަކަށް ބޮންއެޅި މައްސަލަ ލުބުނާނުގެ ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި