ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕެޑެއްގައި މަސްތުވާތަކެތި އެތެރެކުރި މައްސަލަ: ޓިކެޓް ގަތީ ކްރެޑިޓް ކާޑަށް ޕޮއިންޓް ހޯދަން ކަމަށް ބުނެފި

criminal court
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރާއްޖެއަށް އައި އިރު ޕެޑެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ގެނައި މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ޓިކެޓް ގަނެދިން މީހާ، އެކަން ކުރީ ކްރެޑިޓް ކާޑަށް ޕޮއިންޓް ހޯދަން ކަމަށް ކޯޓުގައި ބުނެފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މ. ލިއޯނިސް، އުމުރުން 32 އަހަރުގެ އަބްދުﷲ ތޯއިފް އަދި މއ. މޯނިން ވިއު، އުމުރުން 32 އަހަރުގެ އާމިނަތު ޝަފަގު އެވެ. ތޯއިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ދީފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން، ތޯއިފްގެ ފަރާތުން ބުނެފައިވަނީ މައްސަލައިގައި ހިމެނޭ މީހުންގެ ޓިކެޓް އޭނާގެ ކްރެޑިޓް ކާޑުން ގަނެދިނީ އެހެން މީހަކު ބުނެގެންނާއި، އަދި އޭނާ ވެސް ކާޑަށް ޕޮއިންޓު ހޯދަން ބޭނުންވެގެން ކަމަށެވެ. ނަމަވެސް އެއީ ކާކު ބުނެގެން ނެގި ޓިކެޓެއްކަން އޭނާއަށް ކޯޓުގައި ބުނެދެވިފައެއް ނުވެއެވެ.

HajjCop_ads
Advertisement

މަސްތުވާތަކެތި ގެނައި މީހާއާ ހަވާލުވަނީ ކާކުތޯ ބެލުމަށް ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި އެ ތަކެއްޗާ ހަވާލުވީ ވެސް ތޯއިފް ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެކަން އެހެން މެދުވެރިވި ސަބަބުވެސް އޭނާއަށް ސާފުކޮށްދެވިފައެއް ނުވެއެވެ.

މި މައްސަލައިގައި ޕެޑެއްގެ ތެރޭގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޝަފަގު މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން ހުރީ ބަންދުގައެވެ. އޭނާ ލައިގެން ހުރި ޖިންސާއި ހަށިގަނޑާ ދޭތެރެއިން ނެގި ދެ ޕެޑެއްގެ ތެރޭގައި ފޮރުވާފައި އޮތް ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 30 ރަބަރު ކޮތަޅު ފެނިފައިވެއެވެ. މަސްތުވާތަކެތީގެ ތަހުލީލީ ނަތީޖާ ދައްކާ ގޮތުން، އެ ތަކެތީގައި 29.19 ގްރާމްގެ ޑައިމޯފިން ހުރިކަން ވަނީ ކަށަވަރުވެފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް އުފުލި ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައިފި

Qw

އަލަށް އައްޔަންކުރި ފަނޑިޔާރުންނާއެކު ސިވިލް އާއި ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހަލުއިވެގެންދާނެ: ޖޭއެސްސީގެ ރައީސް

8u

ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ތިން ބޭފުޅަކު އައްޔަންކުރަން ޖޭއެސްސީން ނިންމައިފި

88887

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި