މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުންދާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، މި މުބާރާތަށްފަހު ރިޓަޔަރކުރާނެކަމަށް އޭނާގެ ދައްތަ ކަޓިއާ ބުނެފިއެވެ.
ރޮނާލްޑޯގެ ޢުމުރުން މިހާރު 41 އަހަރުވެފައިވާއިރު، މި މުބާރާތައްފަހު އޭނާ ރިޓަޔަރކުރާނެކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް އެއަށް ރޯނާލްޑޯ އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެދުވަސް ކައިރިވަމުން އަންނަކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.
ސްޕޯޓްސް ޓީވީއަށް ދިން އިންޓަރވިއުއެއްގައި ރޮނާލްޑޯގެ ދައްތަ ކަޓިއާ ބުނެފައިވަނީ ރޮނާލްޑޯގެ އެންމެ ފަހުގެ ފެނިލުންތައް ބަލައިގެން ހިތްހަމަޖެއްސުމަށް އެދޭކަމަށެވެ. އަދި ލިބިފައިވާ މަޢުލޫމާތަށްބަލާއިރު މިއީ ރޮނާލްޑޯ ގައުމީ ޓީމާ އެކު ކުޅޭ އެންމެ ފަހު މުބާރާތްކަމަށްވެސް އޭނާ ބުންޏެވެ.
ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލުން ރޭ ވަނީ ކްރޮއޭޝިއާ 2-1އިން ބަލިކޮށް މުބާރަތުގެ ގަދަ 16އަށް ދަތުރުކޮށްފައެވެ.
މި މުބާރާތުގައި ރޮނާލްޑޯ ވަނީ ބައެއް ރެކޯޑުތައްވެސް ހަދާފައެވެ. އެގޮތުން ޖެހިޖެހިގެން 6 ވޯލްޑުކަޕްގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަކީ ރޮނާލްޑޯއެވެ. އަދި ޕޯޗުގަލްއަށް ވޯލްޑުކަޕްގައި އެންމެ ގިނަ ގޯލް ޖަގައިދިން ކުޅުންތެރިޔާއަކީވެސް އޭނާއެވެ. ޤައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑުއޮތް ރޮނާލްޑޯ ވަނީ ވޯލްޑުކަޕްގައި 16 މެޗުން 11 ލަނޑު ޖަހާފައެވެ.
މުބާރާތުގެ ގަދަ 16ގައި ޕޯޗުގަލް ނިކުންނާނީ ސްޕެއިނާ ދެކޮޅަށެވެ.












ކިޔުންތެރިންގެ ހިޔާލު