ވޯލްޑުކަޕްގެ ނޮކްއައުޓް 32ގައި އާޖެންޓީނާއާއި ވާދަކުރާ މެޗުން މޮޅުވެވޭނެކަމަށް ކޭޕް ވާޑެގެ ރައީސް ޖޯސޭ މާރިއާ ނޭވިޝް ވިދާޅުވެއްޖެއެވެ.

މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 03:00 ގައި ކޭޕް ވާޑޭ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ. މިއީ ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް ކޭޕް ވާޑޭން ވޯލްޑު ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ކޭޕް ވާޑޭ ދެވަނަ ބުރަށް ދިޔައީ ފުޓުބޯޅާއިގެ ދެ ބާރުކަމަށްވާ ސްޕެއިންއާއި އުރުގުއޭ ހުއްޓުވުމަށްފަހުއެވެ. ދެ މެޗުންވެސް ވަނީ އެއްވަރުވެފައެވެ.

ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައި ކޭޕް ވާޑޭގެ ރައީސް ވިދާޅުވީ އެ ޤައުމަށް އާޖެންޓީނާ ކައިރިން މޮޅު ނުވެވޭނެކަމަށް ވަރަށް ގިނަ ބަޔަކަށް ހީވެދާނެކަމަށެވެ. ނަމަވެސް ބައެއްގެ އުންމީދު ކުޑަވިޔަސް އަޒުމެއް ހުރިއްޖާ މޮޅުވެވޭނެކަމަށާއި، އެކަން އެޤައުމުން ސާބިތުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ޖޯސޭ މާރިއާ ނޭވިޝް ވިދަޅުވީ އޭނާގެ އަންދާޒާއަކީ 0-1އިން އާޖެންޓީނާ ބަލިކުރެވޭނެކަމަށެވެ.

ކޭޕް ވާޑޭ ދެވަނަ ބުރަށް ދަތުރުކުރުމަކީވެސް ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ.