ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ 2 ކުންފުންޏަކުން މޫދުވިނަ އާލާކުރަން ފަށައިިފި

Main 20260701
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، މަސްވެރިކަމުގެ އިތުރު ގޮފިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން، މެރިކަލްޗަރ ސިނާޢަތް ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މި ސިނާޢަތް ތަރައްޤީކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަޙައްދެއް ކަނޑައަޅުއްވާފައެވެ. އެއީ ބޮޑު ތިލަދުންމައްޗާއި، ރ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން ކ. މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް ވަނީ މިކަމަށް ޚާއްޞަކޮށްފައެވެ.

މެރިކަލްޗަރގެ ތެރެއިން މޫދުވިނަ އާލާކޮށް އެކްސްޕޯޓްކުރުމުގެ މަސައްކަތް މިދިޔަ އަހަރު ބ. ފެހެންދޫގައި “ފްލޯޓިން އޭކަރސް” ކުންފުނިން ވަނީ ފަށާފައެވެ. އެ ކުންފުނީގެ ފުރަތަމަ ޝިޕްމަންޓް މިއަހަރުގެ ތެރޭގައި އެކްސްޕޯޓްކޮށްފައިވާއިރު، މި ކާމިޔާބީއަށް ބަލައި އިތުރު ކުންފުނިތަކުން މިހާރު ދަނީ މި ދާއިރާއަށް އިންވެސްޓްކުރަމުންނެވެ. އެގޮތުން “އެސްޓީއެމް” ނަމަކަށް ކިޔާ ކުންފުންޏަކުން މިހާރު ވަނީ ގއ. ކޮނޑޭ އަދި ކޮލަމާފުށީގައި މޫދުވިނަ އާލާކުރުމުގެ މަސައްކަތް ފަށާފައެވެ.

HajjCop_ads
Advertisement

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާ (އެފް.އޭ.އޯ) ގެ ޓެކްނިކަލް އެހީގައި މޫދުވިނައިން އައު އުފެއްދުންތައް ތައްޔާރުކުރުމުގެ މަޝްރޫޢަކަށް މިހާރު ވަނީ ފެހި ސިގްނަލް ލިބިފައެވެ. އަދި ޖަޕާނު ސަރުކާރުގެ އެހީގައި ކަނޑުގެ ނަފާ އިތުރުކުރުމުގެ އިތުރު މަޝްރޫޢެއް އެކުލަވާލުމަށްވެސް ދަނީ މަޝްވަރާކުރެވެމުންނެވެ.

މި ސިނާޢަތަށް ވަންނަން ބޭނުންވާ ދިވެހި ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން، މޫދުކޮށި ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ “މެރިކަލްޗަރ ސްކީމް” އެއްވެސް ސަރުކާރުން ވަނީ ތަޢާރަފްކޮށްފައެވެ. މިކަމުގެ ސަބަބުން ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

SIDS GBN Forum

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއް: ރައީސް

muiz

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

raees muiz

ނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި

raees muiz

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި