ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގައި ރޭގައިވެސް ބޮޑު ގަތުލުއާންމެއް ހިންގައިފި، އިސްތިއުމާރީ ސިފައިންގެ އުދުވާނު ހައްތަހާ ފުޅާކުރަނީ

އަލްމަވާސީގައި އަތިރިމަތީގައި ހުރި ޓެންޓަކަށް ބޮންއަޅާފައި: މި އުދުވާނީ ހަމަލާގައި ދެމީހުން ޝަހީދުވެ 27 މީހުން ޒަޚަމްވި
STO_Ads
TTH_Ads
Advertisement

އިސްތިއުމާރީ ދައުލަތުގެ ޓެރަރިސްޓު ސިފައިން ޣައްޒާގެ ދެކުނުގައި ހާލުގައި ޖެހިފައިވާ އާންމުން ދިރިއުޅޭ ޓެންޓުތަކަށް ވައިގެ ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައި ޖަހާފައިވާ ޓެންޓު އަވަށްތަކަށް ދިން މި ހަމަލާތަކުގައި ޖުމްލަ 8 މީހުން ޝަހީދުވެފައި ވާއިރު، އޭގެ ތެރޭގައި އަންހެނަކާއި އޭނާގެ ކުޑަ އަންހެން ދަރިފުޅުވެސް ހިމެނެއެވެ.

އަދި ޓެރަރިސްޓުންގެ މި އުދުވާނުގައި އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.

HajjCop_ads
Advertisement

އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާއަށް ހަމަލާދީ އާންމުން ޝަހީދުކުރަމުން މިގެންދަނީ، ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެފައިވާ އެއްބަސްވުމާ މުޅިން ޚިލާފަށެވެ. އެއްބަސްވުން ހެދިފަހުން އެއްވެސް ވަރަކަށް ހަމަލާތައް ހުއްޓާލާފައެއް ނުވެއެވެ.

ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ގައި އަމަލުކުރަން ފެށިފަހުން އެކަނިވެސް މިހާތަނަށް 1،045 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އެ މުއްދަތުގައި ޒަޚަމްކޮށްލާފައިވާ މީހުންގެ އަދަދު 3،380 އަށް އަރައެވެ. ޝަހީދުކޮށްލި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އާންމުން ވަގުތީ ބޯހިޔާވަހިކަން ހޯދައިގެން ތިބޭ ޓެންޓުތަކަށް ވައިގެ ހަމަލާތައް ދިނުމުގެ އިތުރުން، ޓެންޓުތަކުގައި ދިރިއުޅޭ އާންމުން ނިދަންތިބޭ ވަގުތު އަލިފާން ބޮންއަޅައި ހުޅުޖަހައި އާއިލާތައް އެކުގައި ގެންދަނީ ޝަހީދުކުރަމުންނެވެ.

އަލް މަވާސީ ސަރަހައްދުގައި ރޭގައިވެސް އެފަދަ ޖަރީމާތަކެއް ހިންގާފައެވެ. ޓެންޓުތަކަށް އަލިފާން ބޮން އެޅުމުގެ އިތުރުން، އަލް މަވާސީގެ އަތިރިމަތީގައި ޖަހާފައިވާ ޓެންޓަކަށް ޑްރޯން ހަމަލާއެއްދީ 2 މީހުން ޝަހީދު ކޮށްލާފައި ވާއިރު، މި ހަމަލާގައި އާންމުންގެ އިތުރު 27 މީހުން ޒަޚަމްވިއެވެ.

ޚާން ޔޫނިސްގެ ބަނީ ސުލައިހާ ސަރަހައްދުގައި އާންމުން އެއްވެ ތިބި ތަނަކަށްވެސް ޓެރަރިސްޓުންވަނީ ހަމަލާދީ ތިން މީހުން ޝަހީދުކޮށް އިތުރު އެތައް ބަޔަކު ޒަޚަމްކޮށްލާފައެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.

ޣައްޒާގެ ދެކުނުގެ އިތުރުން، ޣައްޒާގެ މެދުތެރެއާއި ޣައްޒާގެ އުތުރުގައިވެސް އިސްތިއުމާރީ ޓެރަރިސްޓުންގެ ހަމަލާތަކުގައި އެތައް ބަޔަކު ޒަޚަމް ކޮށްލާފައި ވެއެވެ.

އަދި ބަރު ހަތިޔާރާއި އަސްކަރީ ވެހިކަލްތަކާއެކު އިސްތިއުމާރީ ސިފައިން ޣައްޒާގައި އާންމުން ދިރިއުޅޭ އަވަށްޓަކަށް ވަދެގަންނަމުންދާ ކަމަށާއި، އެގޮތުން، އާންމުންނާ ދިމާއަށް ބޮޑުބަޑީގެ ހަމަލާތައްދީ އަދި ބަޑީގެ ހަމަލާތައްވެސް ދެމުންގެންދާ ކަމަށް ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަމާސްގެ ވެރިޔަކަށް ޑރ. ޚަލީލް އަލް ޙައްޔާ އިންތިޚާބު ކޮށްފި

އިސްތިއުމާރީ ސިފައިން ޖަނާޒާއަށް ބޮންއެޅުމުން 7 މީހުން ޝަހީދު، 22 މީހުން ޒަޚަމް، ހަމާސްގެ ނުރުހުން

އީރާނާއެކު އެއްބަސްވުމެއް ހެދިޔަނުދޭން، ވާހަކަތަކަށް ހުރަސްއަޅަން އިސްރާއީލުން ފަންޑުކުރި: އެމެރިކާގެ ނައިބް ރައީސް

ޣައްޒާގައި ފެންބަލާގޮސް ތިބި އާންމުންނަށް ހަމަލާދީ ދެމީހުން ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށްލައިފި