ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތައް އިތުރުކުރަނީ

51362324 10155713772127583 8080561078536241152 n
މޯލްޑިވިއަންގެ ފުލައިޓެއް — ފޮޓޯ: މޯލްޑިވިއަން
Maldivian_Ads
STO_Ads
TTH_Ads
Advertisement

ކުރިއަށް އޮތް ސްކޫލް ޗުއްޓީއާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކަށް ބޮޑު އިތުރުވުމެއް ގެންނަން ނިންމައިފިއެވެ.

މި އަހަރުގެ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ޖުލައި މަހުގެ ނުވަވަނަ ދުވަހު ފުރަތަމަ ޓާމްގެ ޓެސްޓުތައް ނިމުމަށްފަހު، އޮގަސްޓު މަހުގެ ދެވަނަ ދުވަހު އަލުން ސްކޫލްތައް ހުޅުވޭނެއެވެ. މި ދުވަސްވަރާ ދިމާކޮށް ދަތުރުފަތުރުކުރާ މީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ޖުލައި މަހުގެ ދިހަވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް އިތުރުކުރުމަށް މޯލްޑިވިއަންއިން ވަނީ ނިންމާފައެވެ.

މޯލްޑިވިއަންއިން ހާމަކޮށްފައިވާ ގޮތުގައި މި މުއްދަތުގެ ތެރޭގައި އެތެރޭގެ އުދުހުންތަކަށް ތިންސަތޭކަ ވިއްސަށްވުރެ ގިނަ ފްލައިޓް އިތުރުކުރެވޭނެއެވެ. މިއާއެކު އަށާރަހާސް ސީޓުގެ ޖާގަ އިތުރުވެގެންދާނެއެވެ. ޗުއްޓީ ތެރޭގައި ޖުމްލަ ދެހާހަށްވުރެ ގިނަ އެތެރޭގެ އުދުހުންތައް ބާއްވާއިރު، މިއީ ގާތްގަނޑަކަށް އެއްލައްކަ ދިހަހާސް ސީޓުގެ ކެޕޭސިޓީއެކެވެ.

HajjCop_ads
Advertisement

ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، ބައެއް މަންޒިލްތަކަށް އެއާބަސް އޭ320 މަރުކާގެ ބޯޓުތައް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބޯޓުތައް ބޭނުންކޮށްގެން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ޗުއްޓީ ދުވަސްތަކާއި އީދު ބަންދު ފަދަ މުނާސަބަތުތަކުގައި ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއެވެ. ނިމިދިޔަ އީދު ބަންދުގައިވެސް މޯލްޑިވިއަންއިން ވަނީ އާންމުކޮށް ތާވަލުކޮށްފައިވާ ދަތުރުތަކަށްވުރެ އިތުރަށް ދުއިސައްތައަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

މި ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލެއް ނުގެނޭ: އަމީން

Maldivian

މޯލްޑިވިއަންގެ ފްލީޓަށް އެއަރބަސް ދެ ބޯޓު ހޯދުމަށް އިއުލާނުކޮށްފި

މޯލްޑިވިއަންގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ރަނގަޅު ނަތީޖާދަނީ ފެންނަމުން: އަމީން

ލަގްޒަރީ ފެންވަރުގެ ޚިދުމަތްތަކާއެކު މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލް ހުޅުވައިފި