ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗުގައި ނަތީޖާ ކަނޑައަޅަން ބޭނުންވަނީ ޕެނަލްޓީ ޖަހައިގެންކަމަށް ޖަޕާންގެ ކޯޗު ހާޖިމީ މޮރިޔާސޫ ބުނެފިއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ޖަޕާނާއި ބްރެޒިލް ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޖަޕާންގެ ކޯޗު ބުނީ މިއީ މި މުބާރާތުގައި ޕެނަލްޓީ ޖަހަންޖެހޭ ހިސާބުކަމަށެވެ. އެކަމަށް އޭނާ ވަރަށް ޝަޢުގުވެރިވާކަން ފާހަގަކުރަމުން ކޯޗު ބުނީ ބްރެޒިލް ޓީމަކީ މޮޅު ޓީމެއްކަމަށެވެ. އަދި މިއީ ޕެނަލްޓީ ޖަހަންވެސް އެންމެ ރަނގަޅު މެޗުކަމަށްވެސް އޭނާ ބުންޏެވެ.

ޖަޕާނާއި ބްރެޒިލް އެންމެ ފަހުން ބައްދަލުކުރީ އޮކްޓޫބަރު މަހުއެވެ. އެ މެޗު 2-3 އިން ކާމިޔާބުކުރީ ޖަޕާނެވެ. އެ ނަތީޖާއަށް އިޝާރާތްކޮށް ޖަޕާން ކޯޗު ބުނީ ގަދަ 32 ޓީމުގެ ބުރުގައި ބްރެޒިލްއާ ކުޅެން ޖެހުމުން އެންމެ ފަހުގެ ނަތީޖާއަކީ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ކޯޗު ބުނީ ޕެނަލްޓީ ޖަހަން ޖެހިއްޖެނަމަ ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ކަނޑައަޅާނީވެސް އޭނާކަމަށެވެ.

ކުޅުންތެރިން އަމިއްލަ އަށް ޕެނަލްޓީ ޖަހާނީ ކާކުތޯ ނިންމަން ދޫކޮށްލުމުގެ ބަދަލުގައި އަހަރެން ބޭނުންވަނީ އެންމެ ފަހު ފަހަރު އަހަރުމެން ކަން ކުރި ފަދައިން ޕެނަލްޓީ ޖަހާ ތަރުތީބު އަހަރެން ނިންމަން.

ޖަޕާންގެ ކޯޗު ހާޖިމީ މޮރިޔާސޫ ބުންޏެވެ.

ޖަޕާނާއި ބްރެޒިލް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 22:00ގައެވެ.