ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯފެ ފިހާރަތައް ހުޅުވުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި މިފްކޯގެ ސީއޯއޯ ހާމިދު ނަޒީމު އިބްރާހީމް ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅުތެރޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ފިހާރަތައް ހުޅުވުމުގައި ބޮޑަށް އިސްކަންދޭނީ ސިޓީތަކަށާއި، އާބާދީ ބޮޑެތި ރަށްރަށުގައި ފިހާރަތައް ހުޅުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރައްޔިތުންނާ ހަމައަށް އަގުހެޔޮކޮށް އަދި ލުއިފަސޭހަކޮށް އެކުންފުނީގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއްކަމަށްވެސް ނަޒީމު ވިދާޅުވިއެވެ.
ދާދިފަހުން ވާނެ އައްޑޫ ހިތަދޫގަ މިފްކޯގެ ފިހާރައެއް ހުޅުވާފައި. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވައި، އުފެއްދުންތައް ފަސޭހަގޮތެއްގަ ފޯރުކޮށްދިނުން.
މިފްކޯގެ ސީއޯއޯ ވިދާޅުވިއެވެ.
މިފްކޯގެ އައުޓްލެޓެއް އައްޑޫ ސިޓީގައި ހުޅުވާފައިވަނީ މިއަހަރުގެ މޭއިމަހުގެ ތެރޭގައެވެ.
މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި މިފްކޯގެ ފިހާރަތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ދިވެހީން އާންމުކޮށް އުޅޭ ޤައުމުތަކުގައިވެސް މިފްކޯގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ. މިގޮތުން މިފްކޯގެ އައުޓްލެޓެއް ސްރީ ލަންކާގައިވެސް ވަނީ ދާދިފަހުން ހުޅުވާފައެވެ.












ކިޔުންތެރިންގެ ހިޔާލު