ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަޕާނަކީ މޮޅު ޓީމެއް، ފަސޭހަކޮށް ނަގައިފިނަމަ ބްރެޒިލަށް ދެރައެއް ލިބިދާނެ: މާކީނިއޯސް

Images (5)
TTH_Ads
STO_Ads
Advertisement

ފީފާ ވޯލްޑް ކަޕްގެ ނޮކް އައުޓު ބުރުގައި މިރޭ ބްރެޒިލުން ޖަޕާނާ ދެކޮޅަށް ފަސޭހަ ވިސްނުމެއްގައި މެޗަށް ނުކުމެއްޖެނަމަ ބްރެޒިލަށް ދެރައެއް ލިބިދާނެކަމަށް އެޓީމުގެ ކެޕްޓަން މާކީނިއޯސް ބުނެފިއެވެ.

ރޭ، ވޯލްޑް ކަޕްގައި މި ދެ ޓީމުން ވާދަކުރާ މެޗުގެ ކުރިން އެންމެ ގިނަ ބަޔަކު ދައްކަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗުގެ ވާހަކައެވެ. އެ މެޗުގައި  ބްރެޒިލުން ދެ ގޯލު ޖަހާފައި ވަނިކޮށް ޖަޕާނުން ވަނީ ފަހަތުން އަރައި 3-2 އިން މޮޅުވެފައެވެ. މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ގިނަ ބަޔަކު ވަނީ އެކަމަށް އިޝާރާތްކޮށް ސުވާލުކޮށްފައެވެ.

އެއަށް ޖަވާބުދެމުން މާކީނިއޯސް ބުނީ އެއީ ވަރަށް ގިނަ ކަންކަން ދަސްވި މެޗެއްކަމަށާއި، ހާމަވީ ފާއިތުވި ތަނުގައި ބްރެޒިލް ބައިނަލްއަޤްވާމީ ފުޓުބޯޅާގައި އޮތްގޮތްކަމަށެވެ. މިހާރު ކުރިއަށްދާ ފީފާ ފުޓްބޯޅަ މުބާރާތާ ހަމައަށް ވަރަށް ވަރަށް ގިނަ ޓެސްޓުތަކެއް ކުރެވި، ޓީމަށް އެންމެ ރަނގަޅު އަދި ފައިދާހުރި ގޮތް ކޯޗު ބަލަމުންދާކަމަށްވެސް މާކީނިއޯސް ބުންޏެވެ.

HajjCop_ads
Advertisement

އަހަންނަށް އެއްވެސް އިރެއްގައި ބްރެޒިލް މެޗުތައް ބަލަން ދަނޑު ބޭރުގައި އިންނަން ފަސޭހައެއް ނޫން.

ބްރެޒިލްގެ ކެޕްޓަން މާކީނިއޯސް ބުންޏެވެ.

ކެޕްޓަން ބުނީ ޖަޕާނަކީ މޮޅު ޓީމެއްކަމަށާއި، ވިސްނުންތެރިކަމާއެކު ތަފާތު ދައްކާ ޓީމެއްކަމަށެވެ. އަދި ޖަޕާނަކީ ފަސޭހަ ޓީމެއް ނޫންކަމަށާއި ރަނގަޅަށް ވިސްނުން ނުބަހައްޓައިފިއްޔާ ދެރައެއް ލިބިދާނެކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ބްރެޒިލުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ސްކޮޓްލެންޑް އަތުން 3-0 އިން މޮޅުވިއިރު، ޓީމެއްގެ ގޮތުގައި އެޤައުމަށްވެސް ތަފާތު ދެއްކުނުކަމަށެވެ. މިހާރު ދެވަނަ ބުރު ފެށިފައިވާއިރު މިހާރު އެއީ މުޅިން އައު މުބާރާތެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. އަދި ގްރޫޕް ސްޓޭޖުގައި ހިނގައިދިޔަ ހުރިހާ ކަމެއްވެސް އެއީ މާޒީކަމަށްވެސް އޭނާ ބުންޏެވެ.

ފަސް ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ނަގާފައިވާ ބްރެޒިލުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2002 ވަނަ އަހަރުއެވެ. ބްރެޒިލާ ދެކޮޅަށް މިހާތަނަށް ޖަޕާން ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1c16acc0 e6e6 11f0 9bc9 6567eb1afae2

ބްރެޒިލްގެ ލެޖެންޑަރީ ތަރި ރޮބާޓޯ ކާލޯސް އިސްލާމްވެއްޖެ

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

Screenshot 2026 07 23 at 20.05.52

ފީފާގެ ޑްރީމް ޓީމުގައި އެމްބާޕޭ، މެސީ، ރޮޑްރީ، އަދި ކާބޯވޭޑޭގެ ކީޕަރު