ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޖީދީމަގުގައި ހަދަމުންދިޔަ އިމާރާތަކުން ބަޔަކު ވެއްޓުނު މައްސަލައިގައި އިހުމާލުވި ފަރާތްތައް ޖޫރިމަނާކޮށްފި

90
TTH_Ads
STO_Ads
Maldivian_Ads
Advertisement

މާލޭގެ މަޖީދީމަގުގައި އިމާރާތްކުރަމުންދިޔަ ތަނަކުން ދެ ބިދޭސީ މަސައްކަތްތެރިޔަކު ވެއްޓުނު ހާދިސާއާ ގުޅިގެން، ސަލާމަތީ ފިޔަވަޅުތައް އަޅާފައިނުވާތީ އެ ކަމުގައި އިހުމާލުވި ފަރާތްތައް މާލެ ސިޓީ ކައުންސިލުން 5000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މާލޭގެ މަޖީދީމަގުގައި އިއްޔެ ހިނގި މި ނުރައްކާތެރި ހާދިސާގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކަށާއި އުމުރުން 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. މި ދެ މީހުންނަށް ފަރުވާ ދިނުމަށް ވަގުތުން މާލޭގެ މައި ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އޭގެތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާއިރު، ދެވަނަ މީހާއަށް އަދިވެސް އަންނަނީ ވޯޑުގައި ފަރުވާ ދެމުންނެވެ.

މި މައްސަލައާ ގުޅިގެން މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، މި ހާދިސާ ހިނގަން މެދުވެރިވީ އިމާރާތުގައި މަސައްކަތްކުރިއިރު، ސަލާމަތީ ފިޔަވަޅުތައް ރަނގަޅަށް ނާޅައި މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން، އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރުމުން، މި ކަމުގައި އިހުމާލުވި ފަރާތްތައް 5000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. ޖޫރިމަނާކުރިކަން އަންގައި ދިން ޗިޓުން ވެސް މިކަން ވަނީ ކަށަވަރުވެފައެވެ.

HajjCop_ads
Advertisement

މި ނުރައްކާތެރި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ބަލަމުންނެވެ. އިމާރާތްކުރާ ތަންތަނުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި މަސައްކަތްކުރުމަކީ މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ކަންކަން ކުރިމަތިވެދާނެ ކަމަކަށްވާތީ، މިފަދަ މައްސަލަތައް ކަމާބެހޭ އިދާރާތަކުން އަންނަނީ ވަރަށް ސީރިއަސްކޮށް ތަހުގީގުކުރަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

މާލޭގައި 4 ޕޭ ޓޮއިލެޓް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

Big xQacdkBfak1uoCNYvHlLxmiPi

ޕޭ ޓޮއިލެޓުތައް ވިޔަފާރި އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރަނީ

wamco md

ސިޓީ ކައުންސިލުން ވެމްކޯއަށް 116 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް: ވެމްކޯ

Shujaau

މާލޭގެ ވެޓް މާކެޓް ތަރައްގީކުރަން މަސްވެރިކަމާ ބެހޭ ވުޒާރާއާ ހަވާލުކުރަން ސިޓީ ކައުންސިލުން ފާސްކޮށްފި