ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަމްދާންގެ ވަރުގަދަ ރައްދެއް ޒަހިއްޔާއަށް

Igmh
STO_Ads
TTH_Ads
Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރާ ފްލެޓްތަކުގެ ރަޖިސްޓްރީ ކަންތައްތަކުގައި މާލެ ސިޓީ ކައުންސިލުން ޚިދުމަތް ނުދީ ބަހަނާ ދައްކަމުންދާ ކަމަށް ބުނެ، އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް، ކައުންސިލަރު ފާތިމަތު ޒަހިއްޔާއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މި މައްސަލަ އުފެދިފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ މާލެ ސިޓީ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ، އެފްޑީސީން ސިޓީ ކައުންސިލަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެންނެވެ. ޒަހިއްޔާ ތުހުމަތު ކުރެއްވި ގޮތުގައި، ފްލެޓްތަކުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މަސައްކަތް ލަސްވަނީ އެފްޑީސީން ދޭންޖެހޭ މަޢުލޫމާތުތައް ނުލިބޭތީއެވެ. އަދި އެ ކޯޕަރޭޝަނަށް ފޮނުވި ސިޓީއަކަށް ޖަވާބު ނުލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ ހުރިހާ ތަނެއްގައިވެސް ރަށްވެހިކަން ޖެއްސުމަށް ބޭނުންވަނީ އިމާރާތުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ކަމަށެވެ. އަދި އެފްޑީސީގެ ފްލެޓްތަކުގެ ކުލީވެރިންނަށް ބޭނުންވާ އެފަދަ ލިޔުންތައް މިހާރު ދޫކޮށްފައިވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

MMA_Ads
HajjCop_ads
Advertisement

ކައުންސިލަށް އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަން ފާހަގަކުރައްވަމުން ހަމްދާން ވިދާޅުވީ، ކިއުއާރް ކޯޑެއް މެދުވެރިކޮށް ލިޔުންތައް ވެރިފައި ކުރެވޭނެ ކަމަށެވެ. އަދި މިކަމަށް ޚާއްޞަ ފޯކަލް ޕޮއިންޓެއްވެސް ކަނޑައަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމްދާން އިތުރަށް ވިދާޅުވި ގޮތުގައި، ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ހަމަޖެހިފައި ވަނިކޮށް، ސިޓީ ކައުންސިލުން އެ މަސައްކަތް ނުކޮށް ހިފަހައްޓަނީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައެވެ. މިއީ ޚިދުމަތް ނުދީ ހުރުމަށްޓަކައި ކައުންސިލުން ދައްކާ ބަހަނާއެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

އެފްޑީސީގެ ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް އިންޒާރު

އެފްޑީސީ ތަރައްޤީ ކުރަމުންދާ އައު ފްލެޓްތައް ހިމެނޭ ސަރަޙައްދުގެ މަގުތައް މިއަހަރު ނިންމަނީ

hulhumale

އެފްޑީސީ ފްލެޓްތައް ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން ތާރީހެއް ދީފި

hulhumale

ފުލެޓަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ލިޔުން ޕޯޓަލުން ލިބޭނެ: އެފްޑީސީ