ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާޖެންޓީނާއާއެކު އޮސްޓްރިއާއާއި އަލްޖީރިޔާ ދެވަނަ ބުރަށް، އީރާނަށް ފުރުޞަތެއް ނުލިބުނު

Jordan v argentina group j fifa world cup
TTH_Ads
STO_Ads
Advertisement

އާޖެންޓީނާއާއެކު ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން އޮސްޓްރިއާއާ އަލްޖީރިޔާ ޖާގަ ހޯދައި އީރާނަށް މުބާރާތް ނިންމާލަން ޖެހިއްޖެއެވެ.

އަލްޖީރިޔާއާ އޮސްޓްރިއާ އާޖެންޓީނާއާއެކު ގަދަ 32 ޓީމްގެ ތެރޭގައި ހިމެނުނީ އެދެޓީމް ވާދަކުރި މެޗު އެއްވަރުވުމުންނެވެ. އެމެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް މޮޅުވާ ޓީމަކާއެކު އިރާން ދެވަނަ ބުރަށްދާން އޮތް ނަމަވެސް އެމެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ވުމާއެކު އީރާނަށް ވަނީ އެ ފުރުޞަތު ގެއްލިފައެވެ. އާޖެންޓީނާއާއި ޖޯޑަން ބައްދަލުކުރި މެޗު ނިމުނީ 1-3އިން އާޖެންޓީނާ ކުރ ހޯދައިގެންނެވެ. ފުރަތަމަ ލަނޑު ހިލޭ ޖެހުމަކުން ޖަހާ އާޖެންޓީނާއަށް ކުރިހޯދައިދިނީ ޖިއޮވާނީ ލޮ ސެލްސޯއެވެ.

ދެވަނަ ލަނޑު ފުރަތަމަ ހަފްގައި ކާމިބުކުރީ ލިބުނު ޕެނަލްޓީއަކުން ލައުޓާރޯ މާޓިނޭޒްއެވެ. އަދި މިއީ މެސީ ފިޔަވާ އާޖެންޓީނާ ކުޅުންތެރިން މުބާރާތުގައި ޖެހި ފުރަތަމަ ދެ ލަނޑެވެ. އެދެލަނޑު ޖެހިއިރު މެސީ އިނީ ބެންޗްގައެވެ. ދެވަނަ ހާފްގައި، މެޗުގެ 60 ވަނަ މިނިޓްގައި ކުޅެން ނިކުމެ މެސީ ލަނޑު ޖަހާ، ވިދިވިދިގެން ވަރލްޑްކަޕްގެ ހަތްވަނަ މެޗެއްގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިއަކަށް ވިއެވެ. މެސީވެސް ލަނޑު ޖެހީ ހިލޭ ޖެހުމަކުންނެވެ. އޭގެކުރިން ޖޯޑަން އިން ވަނީ މުބާރާތުގައި އާޖެންޓީނާގެ ގޯލް ފޫއަޅުވާލި ފުރަތަމަ ޓީމްގެ ޝަރަފް ހޯދާފައެވެ. ކުޅުމުގެ ތެރެއިން ތަނަވަސްކުރި ފުރުޞަތުގައި ލަނޑު ޖެހީ މޫސާ އަލްތަމާރީ އެވެ. އާޖެންޓީނާއިން މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި އޭގެކުރިން މެޗުގެ ފުރަތަމަ އެގާރައިގަ ކުޅުނު ކުޅުންތެރިންގެ ތެރެއިން ފުރުޞަތު ދިނީ ކީޕަރު މާޓިނޭޒް އާއި ފޯވާޑް މާޓިނޭޒްއެވެ.

HajjCop_ads
Advertisement

އަލްޖީރިޔާއާ ޖޯޑަން ވާދަކުރި މެޗު އެއްވަރުވީއިރު ފުރަތަމަ ހާފްގައި މާކޯ އާނައުޓޮވިޗް ލަނޑު ޖަހާ އޮސްޓްރިއާއަށް ކުރި ހޯދައިދީފައި ވަނިކޮށް، ފުރަތަމަ ހާފްގެ ފަހު މިނިޓްގައި އަލްޖީރިޔާގެ ބެގާލީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. ދެވަނަ ހާފްގައި، 55 ވަނަ މިނިޓްގައި މާސެލް ސަބިޓްޒާ ލަނޑު ޖަހާ އަލުން އޮސްޓްރިއާ ކުރި ހޯދިއެވެ. އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން ރިޔާދު މާރޭޒް ލަނޑު ޖަހާ އަލްޖީރިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި މާރޭޒް ދެވަނަ ލަނޑެއް ޖަހާ އަލްޖީރިޔާއަށް ކުރި ހޯދައިދިނުމުން އިރާނަށް ދެވަނަ ބުރުގެ ފުރުޞަތު ލިބޭނެ ކަމަށް ބެލެވުނެވެ. އެކަމަކު އެލީޑް ދެމިއޮތީ މިނިޓެކެވެ. އޮސްޓްރިއާގެ ސަސާ ކަލަޑްޒިޗް ލަނޑު ޖަހާ ނަތީޖާ ހަމަހަކުރިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

AFP20260809C49M978v1MidResFblArgentinaDeath

ބައްޕަގެ ޖަނާޒާއަށް މެސީ އާޖެންޓީނާއަށް، ކްލަބްތަކާއި އެފްއޭގެ ދިދަ ބައިދަނޑިއަށް

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

Screenshot 2026 07 23 at 20.05.52

ފީފާގެ ޑްރީމް ޓީމުގައި އެމްބާޕޭ، މެސީ، ރޮޑްރީ، އަދި ކާބޯވޭޑޭގެ ކީޕަރު