ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޯޗުގަލް އަތުން ހޯދި އެއް ޕޮއިންޓާއެކު ކޮލޮމްބިއާ އެއްވަނައަށް، ކޮންގޯވެސް ދެވަނަ ބުރަށް

1782511738035 now hallie world cup security 260626 S3 1920x1080 hchrpo
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޕޯޗުގަލްއާއި ބައްދަލުކުރި މެޗުން އެއްވަރުވެ ހޯދި ޕޮއިންޓަކާއެކު ފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލަމްބިއާ އިން ގްރޫޕްގެ އެއް ވަނަ ކަށަވަރުކޮށް، ފަހަތުން އަރައި 3-1 އިން އުޒްބެކިސްތާން ބަލިކޮށް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއިންވެސް 32 ޓީމުގެ ބުރުން ޖާގަ ހޯދައިފިއެވެ.

މެޗަށް ނިކުތް އރުވެސް ޕޯޗުގަލްއާއި ކޮލޮމްބިއާއަށް އޮތީ ދެވަނަ ބުރު ޔަޤީންވެފައެވެ. ނަމަވެސް ޕޯޗުގަލް އަތުން ޕޮއިންޓެއް ހޯދައިގެން ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުޞަތު ކޮލޮމްބިއާއަށް އޮތެވެ. އަދި ކޮލޮމްބިއާ ބަލިކޮށްގެން ނޫންގޮތަކަށް ގްރޫޕްގެ އެއްވަނަ ޕޯޗުގަލަށް ލިބެން ނެތެވެ. ޕޯޗުގަލް އަތުން އެއްވަރުވެ ހޯދި ޕޮއިންޓަކާއެކު ކޮލަމްބިއާއިން ގްރޫޕްގެ އެއް ވަަނަ ހޯދީ ހަތް ޕޮއިންޓާއެކުއެވެ. ދެވަނަގާއި އޮތް ޕޯޗުގަލަށް ލިބުނީ ފަސް ޕޮއިންޓެވެ.

ތިންވަނާގައި އޮތް ކޮންގޯއަށް 4 ޕޮއިންޓު ލިބިފައިވާއިރު އުޒްބެކިސްތާނުން މުބާރާތް ނިންމާލީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

HajjCop_ads
Advertisement

އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕޯޗުގަލްއާއި ކޮލޮމްބިއާއަށްވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބުނެވެ. މެޗުގެ ކުރީކޮޅުގައި ކޮލަމްބިއާގެ ފޯވާޑް، ޖޯން ކޮޑޯބާ ހުސްކޮށް އަރައި ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ކޮލަމްބިއާގެ ޖޯން އަރިއަސް ފޮނުވާލި އެއް ޝޮޓް، ޕޯޗުގަލްގެ ކީޕަރު، ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފަ އެވެ. އަދި، އަނެއް ފުރުސަތުގައި ޖެހި ބޯޅަ ޕޯޗުގަލްގެ މިޑްފީލްޑަރު، ރުބެން ނެވޭސް ވަނީ ފަހަތަށް ފައިބައި ސަލާމަތްކޮށްފައެވެ.

ފުރަތަމަ ހާފުގައި ޕޯޗުގަލްއަށް ލީޑު ނަގަން  ބްރޫނޯ ފެނާންޑޭސް ރަނުގެ ފުރުޞަތެއް ލިބިފައިވެއެެވެ. އޭރިއާތެރެއިން ބްރޫނޯ ފެނާންޑޭސް ޖެހި ޝޮޓް ކޮލަމްބިއާގެ ކީޕަރު ކަމީލޯ ވާގާސް ވަނީ މަތަކޮށްފައެވެ.

މި ގްރޫޕުގައި ކޮންގޯއިން މޮޅުވެގެން ނޫންގޮތަކަށް ދެވަނަބުރުން ޖަގަ ލިބެން ނެތްއިރު، އެޓީމުން ކުރިއަށް ޖެހިގެން ކުޅެނިކޮށް އުޒްބެކިސްތާނުން ލަނޑެއްޖަހައި ލީޑު ނެގިއެވެ. ންގޯގެ ޑިފެންޑަރުން، ބަލަހައްޓައިގެން ތިއްބައި، އުޒްބެކިސްތާންގެ ކެޕްޓަން، އެލްޑޯ ޝޮމުރޯޑޯވް އޭރިއާތެރެއިން ވަދެ، ކޮންގޯގެ ކީޕަރު ލިއޮަނަލް އެމްޕާސީ ބޯމަތިން ގޯލަށް ފޮނުވާލިއެވެ.

ނަމަވެސް ފުރަތަމަ ހާފުގައި ކޮންގޯއިން ލަނޑެއްޖަގައި ނަތީޖާ އެއްވަރުކުރިއިރު އެޓީމުން ވަނީ ދެވަނަ ހަފުގައި ކުޅުން ރަނގަޅުކޮށްފައެވެ. 68 ވަނަ މިނިޓްގައި ޔޮއާން ވިއްސާ ޖެހި ޕެނަލްޓީން ނަތީޖާ އަނބުރާލިއިރު، އެ ޓީމަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ވިއްސާއެވެ.

 

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

GettyImages 2161509707 scaled

ކޮލޮމްބިއާގެ ފޯވާޑް ހާމޭސް ރޮޑްރިގޭޒް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

OXG24QD4NVNDDLRUPTEHG4MKVY

މިޞްރުގެ ކޯޗު ހޮސާމް އެއްބަސްވުން އައުކޮށްފި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!