ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކްރޮއޭޝިއާ ރޮއްވާލައި ރޮނާލްޑޯގެ ޕޯޗުގަލް ގަދަ 16އަށް، ނިކުންނާނީ ސްޕެއިނާ ދެކޮޅަށް

Public
Maldivian_Ads
TTH_Ads
STO_Ads
Advertisement

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓްގެ 32ގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16އަށް ދަތުރުކޮށްފިއެވެ.

ޕޯޗުގަލް ގަދަ 16އަށް ދަތުރުކުރީ މެޗުގެ 1-1 ން އެއްވަރުވެގެން ނިމެން ދަނިކޮށް، އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނިޓްގެ ތެރެއިން ތިންވަނަ މިނިޓްގައި ގޮންކާލޯ ރާމޯސް ޖެހި ލަނޑުން މޮޅުވެގެންނެވެ. ރަފައެލް ލެއާއޯ އަރިމަތިން ނެގި ހުރަސް ގޮންކާލޯ ރާމޯސް ބޮލުން ގޯލަށް ފޮނުވާލީ ގްވާޑިއޯލް އާއި ޕޮންގްރަސިޗް ކައިރީގައި ވިއްދާފައި ތިއްބާ ބޮލުން ޖަހައެވެ. އިތުރު ވަގުތު 10 މިނިޓް ދެއްކި ނަމަވެސް އޭގެ އެއްގުނަ އިތުރަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ 13 ވަނަ މިނިޓްގައި ގްވާޑިއޯލް ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް ކްރޮއޭޝިޔާގެ ބެންޗާއި، ސަޕޯޓަރުން އުފާފާޅުކުރަމުން ދަނިކޮށް، ވީއޭއާރުން ބަލާ އޮފްސައިޑް ކަމަށް ނިންމިއެވެ. ވީއޭއާރު ރެފްރީ ބެލިއިރު މެޗުގެ އިތުރު ވަގުތުގައި ކުޅެން ނިކުއިން ޑިފެންޑަރު ގްވާޑިއޯލަށް ބޯޅަ ލިބުނީ ވަރަށް ބޮޑަށް އޮފްސައިޑްގައި ހުރި އިގޯ މަޓޮނޮވިޗް ފައިގަ ޖެހިފައެވެ.

ދެވަނަ ހާފް ފަށައިގެން 8 ވަނަ މިނިޓްގައި ފުރަތަމަ ލީޑް ނެގީ ކްރޮއޭޝިޔާއިންނެވެ. އޭރިޔާ ތެރޭގައި ހުރެ ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލްގެ ދުރުކަނަށް ޕެރިސިޗް ފޮނުވާލި ބޯޅަ ހުއްޓުވަން ކީޕަރަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ޕޯޗްގަލް އިން ނަތީޖާ ހަމަހަމަ ކުރީ ޕެނަލްޓީއަކުން ރޮނާލްޑޯއެވެ. ކޯނަރު ނެގިއިރު އޭރިޔާ ތެރެއިން ބޮލުން ޖަހަން އެރި ރެނާޓޯ ގައިގަ ހިފާ ވައްޓާލުމުން ރެފްރީ ޕެނަލްޓީ ދިނީވެސް ދަނޑުގެ އަރިމަތީގައި ހުރި މޮނީޓަރުން ބެލުމަށްފަހު އެވެ. ޕެނަލްޓީން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑަކީ ވަރލްޑްކަޕް ނޮކްއައުޓް މެޗެއްގައި ރޮނާލްޑޯގެ ފުރަތަމަ ލަނޑެވެ. މިމުބާރާތުގައި ތިންވަނަ ލަނޑެވެ. ޕެނަލްޓީގެ ކުރިން ރޮނާލްޑޯ ޖެހި ރީތި ލަނޑެއްވެސް ވީއޭއާރުން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމިއެވެ. ރޮނާލްޑޯގެ ހަށިގަނޑުގެ ބައެއް އޮފްސައިޑް މަގާމްގައި އޮތްތައް ޓެކްނޮލޮޖީގެ އެހީގައި ފެނެއެވެ. ކްރޮއޭޝިޔާގެ ސްޗިޗް ޖެހި ލަނޑެއްވެސް އޮފްސައިޑް ކަމަށް ނިންމީ ކުޅުންތެރިޔާގެ ހަށިގަނޑުގެ ބައެއް އޮފްސައިޑް މަގާމްގައި އޮތުމުން، ވީއޭއާރުން ބެލުމަށްފަހު އެވެ. މެޗުގައި ކްރޮއޭޝިޔާއިން ޕޯޗްގަލް ގޯލަށް ވައްދާލި ތިން ބޯޅައެއް އޮފްސައިޑް ކަމަށް ނިންމިއެވެ.

HajjCop_ads
Advertisement

މުބާރާތުގެ ގަދަ 16ގައި ޕޯޗުގަލް ނިކުންނާނީ ސްޕެއިންނާ ދެކޮޅަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

Screenshot 2026 07 23 at 20.05.52

ފީފާގެ ޑްރީމް ޓީމުގައި އެމްބާޕޭ، މެސީ، ރޮޑްރީ، އަދި ކާބޯވޭޑޭގެ ކީޕަރު