ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަކިވަކި ރައްޔިތުންނާއެކު ރައީސް ބާއްވަވާ ބައްދަލުވުންތައް ފަށަނީ

Muiz
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާއާއި ވަކިވަކިން ބައްދަލުކޮށް ވާހަކަދައްކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމް ކައިރި މުސްތަޤްބަލެއްގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.

ވަކިވަކިން ބައްދަލުކޮށް ވާހަކަދައްކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެއް ފަށަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ “ނޭޝަން ޗެޓް” ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“ޕްރެސަރ ވިތު ދަ ސްޕޮކްސް” ސީރީޒްގައި، އެކަމާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ، މިހާރުވެސް ގިނަ އަދަދެއްގެ އާއްމުންނާއި ރައީސް ބައްދަލުކުރައްވަމުންދާ ކަމަށެވެ. އަދި އިތުރު ބައްދަލުވުންތަކެއް ބާއްވަން ނިންމި ސަބަބަކީ މިހާރަށް ވުރެ ފުޅާ ފުރުސަތުތަކެއް އާއްމުންނަށް ހޯދާދިނުން ކަމަށެވެ.

HajjCop_ads
Advertisement

އެ ބައްދަލުވުންތަކުގެ ފުރަތަމަ ދެލި ކޮޕީ އެކުލަވާލާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެންމެ ފަހު މަރުހަލާގައި ފުރިހަމަކުރަންޖެހޭ ކަންތައްކަމަށް ތަރުޖަމާނުވަނީ ވިދާޅުވެފައެވެ. އަދި ބައްދަލުވުމުގެ އުސޫލު ކަނޑައެޅުމަށް ފަހު އެކަން އާއްމުންނަށް ތަފްސީލްތައް އެނގޭނެހެން އިޢުލާންކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

މިހާރު އާއްމުކޮށް ރައީސާއި ބައްދަލުވަނީ ރައީސް އޮފީހަށް ސިޓީ ހުށަހަޅައިގެންނާއި، ޖަލްސާ އަދި ހަފްލާތަކުގެ ހާވާސާގައެވެ. ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ މައްޗަށް ބެހިފައިވާ ތަނަކަށް ވާތީ، ރާއްޖޭގެ ތަފާތު ހިސާބުތަކުން، އެކި ފަންނުތަކުގެ މީހުންނަށް ރައީސާއި ބައްދަލުކުރުމުގައި ފަސޭހަ ފުރުސަތެއް ހޯދާދޭން ސަރުކާރުން ވިސްނުން ގެންގުޅުއްވާކަން ތަރުޖަމާން ފާހަގަކުރެއްވިއެވެ.

“ނޭޝަން ޗެޓް” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ހުރިހާ ރަށްރަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ގާތުން ބައްލަވައި ބޭރުގެ ބައެއް ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާކަން ފާހަގަކުރައްވާފައެވެ. މީގެ ކުރިންވެސް، އެމަނިކުފާނާ ސީދާ ބައްދަލުނުކުރެވުނު ކަމުގައިވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުންގެ ފެންވަރުގެ ބޭފުޅުން މެދުވެރިކޮށް އެ ފަރާތްތަކުގެ ޝަކުވާތަކާއި މައުލޫމާތުތައް ގާތުން އޮޅުންފިލުއްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކާ، ކޮންމެ ހަފުތާއަކު އެއް ދުވަހު ނުވަތަ ދެ ދުވަހު، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަގުތު ހަމަޖައްސަވާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

SIDS GBN Forum

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއް: ރައީސް

muiz

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

raees muiz

ނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި

raees muiz

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި