ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ މަސައްކަތް ހުއްޓާލައިފިނަމަ އިސްލާމީ ދާއިރާއިން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ: މިނިސްޓަރު ޝަހީމް

90
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޒުވާން ޚަތީބުން ބިނާކުރުމުގެ މަސައްކަތަކީ މިއަދުގެ ހާލަތަށް ބަލާއިރު ފަސްޖެހުމެއްނެތި ކުރިއަށް ގެންދަންޖެހޭ އަސާސީ މަސައްކަތެއް ކަމަށާއި، އެ މަސައްކަތް ހުއްޓިއްޖެނަމަ ދީނީ ގޮތުން ހީނުކުރާވަރުގެ ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ހަތަރު ވަނަ ބުރުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި އިމާމުން މަދުވުމާއި، ޚުޠުބާ ކިޔާނެ ފަރާތްތައް ނެތުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މިނިސްޓްރީން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ޚަތީބުން ބިނާކުރުމަކީ ދީނީ ވާޖިބެއް އަދާކުރުމުގެ ގޮތުން ކުރަންޖެހޭ މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އިމާމުކަމާއި، ބަންގި ގޮވުމާއި، ދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ ވަރަށް މަތީ ދަރަޖައިގެ މަސްޢޫލިއްޔަތުތަކެއް ކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ތަފާތު މާތް ބައެއްކަން ފާހަގަކުރައްވައި، ޚަތީބުންގެ ފޭރާމާއި، ސުލޫކާއި، މުއާމަލާތުކުރުމުގެ ހުނަރަކީ އެހެން މީހުންނަށް ނަމޫނާއަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ޚަތީބުކަމަށް ވުރެ ވަކިން ބޮޑު ޝަރަފުވެރި މަސްޢޫލިއްޔަތެއް ނެތް ކަމަށެވެ.

HajjCop_ads
Advertisement

ޚަތީބުންނަށް ނަސޭހަތްތެރިވަމުން މިނިސްޓަރު ޝަހީމް ވަނީ ޚުޠުބާ ކިޔުމުގެ ކުރިން އެކަމަށް ފުރިހަމައަށް ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ގަޑިއަށް ކަމޭހިތުމާއި، ފަރުވާތެރިކަމާއެކު ޚުޠުބާ ކިޔުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގަންނަވަމުން، ހަދީސްތަކާއި އާޔަތްތައް ކިޔުމުގައި ތަޖުވީދުގެ ހަމަތަކަށް އިސްކަންދިނުމަށް ޚަތީބުންނަށް އިރުޝާދު ދެއްވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6177053559346631399

ދީނީ ޖަމްޢިއްޔާތަކަށް 2 އަހަރުތެރޭ 1.2 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައި: ވަޒީރު

ގުރުއާނުގެ ދާއިރާއިން މިހާރު ފެންނަމުންދަނީ ވަރަށް އުފާވެރި އަދި އުއްމީދީ ދުވަސްތަކެއް: ޝަހީމް

saudi

މައްކާގައި ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅު: ޝަހީމް

HSEdg6haoAA50X9

މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ޚާއްޞަ ހެދުމެއް ތައްޔާރުކުރަނީ!