ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްދޫ-ކަލައިދޫގައި އާ އެއާޕޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފި

461573 1409cdbf c
STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، އެ އަތޮޅުގެ އިސްދޫ-ކަލައިދޫގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ.

އިސްދޫ-ކަލައިދޫއަކީ ބިން ބޮޑު ރަށަކަށްވުމާއެކު، އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ތަރައްގީގެ ފުޅާ ފުރުސަތުތައް އޮތް ރަށެކެވެ. މީގެ އިތުރުން، އެ ސަރަހައްދަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ގިނަ ރަށްތަކެއް ހިމެނޭ ސަރަހައްދަކަށްވާތީ، ފަތުރުވެރިކަން ކުރިއެރުވުމަށް އެއާޕޯޓެއް އޮތުމަކީ ބޮޑު ބާރަކަށް ވެގެންދާނެއެވެ.

ހައްދުންމަތީގެ އެންމެ އުތުރަށް އޮންނަ އިސްދޫ-ކަލައިދޫން މިހާރު ލ. ކައްދޫ އެއާޕޯޓަށް ދަތުރުކުރުމަށް ގާތްގަނޑަކަށް 45 މިނިޓު ހޭދަވެއެވެ. އަދި އެ ސަރަހައްދުގެ ދަނބިދޫއާއި މައިބާދޫގެ ރައްޔިތުންނަށް ވެސް ކައްދޫއަށް ދިއުމަށް ދިގު ދަތުރެއް ކުރަންޖެހެއެވެ. އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، މި އާ އެއާޕޯޓުގެ ސަބަބުން އެ ތިން ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

HajjCop_ads
Advertisement

މުޅި ރާއްޖެ ވައިގެ ދަތުރުފަތުރުގެ ވިއުގައަކުން ގުޅައިލުމަކީ ރައީސް ޑރ. މުޢިއްޒުގެ މުހިއްމު ތަސައްވުރެކެވެ. މި މަސައްކަތުގެ ދަށުން އިގުތިސާދީ ގޮތުން ފައިދާހުރި ސަރަހައްދުތަކުގައި އެއާޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން، ބައެއް ރަށްރަށުގައި ބިން ހިއްކުމުގެ މަސައްކަތް ނިންމައި އަމަލީ މަސައްކަތްތައް ވެސް މިހާރު ވަނީ ފެށިފައެވެ.

ގައުމުގެ މާލީ ހާލަތު ހުރި ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއެކު ވެސް، ރައްޔިތުން ބޭނުންވާ މިފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް ސަރުކާރުން އަންނަނީ މަގުފަހިކުރަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

އިގުތިސާދީ ދަތިތަކާއެކުވެސް މި ދައުރުގެ ތެރޭގައި ވައުދުތައް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

468552 1299680d b

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި ގަސް އިންދުމުގެ ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގެންފި

468486 b1164f56 c

ރައީސް، ކުދި ޖަޒީރާ ޤައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

43

އއ. އުކުޅަހުގެ އައުޓްޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި