ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

Hirimaradhoo
ހިރިމަރަދޫ
Maldivian_Ads
TTH_Ads
STO_Ads
Advertisement

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން، އެ ރަށުގެ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ހަނިމާދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

ހަނިމާދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ހއ. ހޯރަފުށީ ކައުންސިލުގެ އާންމު ޖަލްސާއެއްގައި ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން އެދޭ މީހުންނަށް ރަސްމީކޮށް ދައުވަތު ދީފައިވާ ކަމަށެވެ. އެހެންކަމުން، ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން 24 ޖޫންއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ (މިހާރުގެ ހަނިމާދޫ އަވަށު އޮފީސް) ގައި ނަން ނޯޓުކުރުމަށް ވަނީ އެދިފައެވެ.

މިކަމާ ގުޅޭގޮތުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު އަސްފާމް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހޯރަފުއްޓަކީ ކުދި އާބާދީތަކުން އެ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް މަރުޙަބާ ކިޔާ ރަށެއް ކަމަށެވެ. އަދި މީގެ ކުރިންވެސް އެ އަތޮޅުގެ ދެ ރަށެއްގެ ރައްޔިތުން ހޯރަފުއްޓަށް ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަސްފާމް އިތުރަށް ވިދާޅުވީ، ރައްޔިތުން ނަން ނޯޓުކޮށް ނިމުމުން ސަރުކާރާ މަޝްވަރާކޮށް، އެ ފަރާތްތަކަށް ބޭނުންވާ ފުރުޞަތުތައް ހޯދައިދިނުމަށް ކައުންސިލުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

HajjCop_ads
Advertisement

ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމެވީ އެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. އާބާދީގައި 500 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައި އޮތް ނަމަވެސް، ރަށުގައި އަމަލީ ގޮތުން ދިރިއުޅެނީ 200 އެއްހާ މީހުންނެވެ. މިކަމުގެ ސަބަބުން އަސާސީ ޚިދުމަތްތައް ހޯދުމުގައާއި ރަށުގެ ތަރައްޤީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާތީ، ރައްޔިތުން އެދިފައިވަނީ އާބާދީ ބޮޑު ރަށަކަށް ބަދަލުވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިހާރު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ރަށުގެ ރައްޔިތުންނަކީ ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައި އިދާރީ ގޮތުން ހަމަޖައްސަވާފައެވެ. އަދި ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް އެ ރަށުގެ ރައްޔިތުން ވޯޓު ދީފައިވަނީ ހަނިމާދޫ ކައުންސިލް އިންތިޚާބު ކުރުމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޯރަފުއްޓަށް 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް

Original

ހޯރަފުށީ ކުޑަކުދިންގެ މަރުކަޒުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

Io

ހޯރަފުށީ ކުރީގެ ކައުންސިލަރުންގެ ކޮރަޕްޝަން މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފި

Io

ހޯރަފުށީ ފަރުމައްޗަށް މަރުވެފައި އޮތް 30 ފޫޓުގެ ބޮޑުމަހެއް ލައްގައިފި