ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަކާތު ފަންޑުން ބޯންމެރޯ ޓްރާންސްޕްލާންޓަށް 2.5 މިލިޔަން ރުފިޔާ

Big WhEHcXguHKVWn146PG21xnhtg
TTH_Ads
STO_Ads
Advertisement

ލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ، ބޯންމެރޯ ޓްރާންސްޕްލާންޓަށް 2.5 މިލިއަޔަން ރުފިޔާ ޒަކާތު ފަންޑުން އެންސްޕާއަށް ފޯރުކޮށްދީފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ ތެލަސީމިއާ ކުދިންގެ ބޯންމެރޯއަށް ކަނޑައަޅާފައިވާ ފައިސާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއަށް މިހާރު ފޯރުކޮށްދީފައިވާކަމަށެވެ. މި ފައިސާ ޒަކާތު ހައުސްއިން އެންސްޕާއަށް ފޯރުކޮށްދީފައިމިވަނީ 21 ފެބްރުއަރީ 2024ގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ސިއްޙަތާއި ބެހޭ ވުޒާރާއާއި ދެމެދު ސޮއިކުރައްވާފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސް ތެލަސީމިއާ ސެންޓަރުގައި 651 ފަރާތެއް ވަނީ ތެލަސީމިއާ ޕޭޝަންޓުންގެ ގޮތުގައި ދަފްތަރުކޮށްފައެވެ.  މި ދަފުތަރުގައި އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. މި އުމުރުފުރާގެ 215 ކުދިން ތިބިއިރު، ދެވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ.

MMA_Ads
HajjCop_ads
Advertisement

ފާއިތުވި ތިން އަހަރަށް ބަލާއިރު، 2023 ވަނަ އަހަރު 11 މީހުން، 2024 ވަނަ އަހަރު 18 މީހުން އަދި 2025 ވަނަ އަހަރުގެ މިހާތަނަށް 11 މީހުންނާއެކު ޖުމްލަ 40 ކުދިން އަލަށް ދަފްތަރުގައި ހިމެނިފައިވެއެވެ.އަތޮޅުތަކަށް ބަލާއިރު، އާބާދީގެ ނިސްބަތުން ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުން އެންމެ ގިނައިން ތިބީ ނ. އަތޮޅުގައެވެ. އެ އަތޮޅުގެ 13 ރަށަކުން 53 މީހުން ދަފްތަރުގައި ހިމެނޭއިރު، މިއީ ކޮންމެ ރަށަކަށް އެވްރެޖްކޮށް 4 މީހުންނެވެ. އަދި 18 މީހުންނާއެކު ތެލެސީމިއާ މީހުން ދެވަނައަށް އެންމެ ގިނައީ، ފ. އަތޮޅުގައެެވެ. 43 މީހުންނާއެކު މި ލިސްޓުގެ ތިންވަނައިގައި އޮތީ، ލ. އަތޮޅެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ވ. އަތޮޅުގައި ތެލެސީމިއާގެ އެއްވެސް މީހަކު ނެތްއިރު، ދެވަނައަށް އެންމެ މަދީ މ. އަތޮޅެވެ. އެއީ، އެންމެ 3 މީހުންނެވެ.

ތެލަސީމިއާ ހުންނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ތަޞައްވުރާއެކީ، ސަރުކާރުން ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތައް ހުޅުމާލޭ އޮރެންޖު ހިޔާގައި ދޭން ފަށާފައެވެ. އަދި ތެލަސީމިއާ ފަރުވާ ދިނުމަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.

 

 

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Zakaath

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ބަހައިފި

university

ޒަކާތު ސްކޮލަރޝިޕަށް އިސްލާމީ ދާއިރާތައް ނޫން ދާއިރާތަކަށްވެސް ފުރުސަތު ހުޅުވާލައިފި

ޒަކާތު ފަންޑުގެ ސްކޮލާޝިޕްތަކަށް ހުޅުވާލައިފި

mudalu zakaai

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ