ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެސީގެ ރެކޯޑާއެކު އާޖެންޓީނާ އަނެއް ބުރަށް

Images (1)
Maldivian_Ads
STO_Ads
TTH_Ads
Advertisement

ކެޕްޓަން ލިއޮނެލް މެސީ ދެއްކި މޮޅު ކުޅުމާއި ވޯލްޑް ކަޕްގައި ހެދި ތާރީޚީ ރެކޯޑާއެކލު އާޖެންޓީނާ  މުބާރާތުގެ ގަދަ 32 ޓީމު ވާދަ ކުރާ ނޮކައުޓް ބުރުން ޖާގަ ޔަގީންކޮށްފިއެވެ.

އޮސްޓްރިއާ އާއި ދެކޮޅަށް ކުޅުނު މި މެޗުން އާޖެންޓީނާ މޮޅުވީ 0-2 އިންނެވެ. އާޖެންޓީނާގެ ދެލަނޑުވެސް ކާމިޔާބުކޮށްދިނީވެސް މެސީއެވެ. މެޗުގެ 9ވަނަ މިނެޓުގައި މެސީއަށް ވަނީ ލަނޑުޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އޭރިއާ ތެރެއިން އާޖެންޓީނާގެ ލައުޓާރޯ މާޓީނޭޒަށް އޮސްޓްރިއާގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ޕެނަލްޓީއެއް ލިބުނުއިރު، މެސީ ފޮނުވާލި ޕެނަލްޓީ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗުގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު މެސީ ޖަހައިދިނީ ފުރަތަމަ ހާފުގައި، މެޗުގެ 38 ވަނަ މިނެޓުގައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ފަކުންޑޯ މެޑީނާ ނަގައިދިން ހުރަަހަކަށް އަރައި، އޭރިއާ ރޮނގުމަތިން ކަހަލަގޮތަކަށް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މި ލަނޑާއެކު މެސީ ވަނީ، މީގެ 12 އަހަރުކުރިން ޖަރުމަނުގެ މިރޮސްލާޗް ކްލޯސާ ގާއިމްކުރި ވޯލްޑް ކަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ. ކްލޯސާ މި ރެކޯޑު ގާއިމްކުރީ 16 ލަނޑު ޖަހައިގެންނެވެ. މެސީ ވަނީ މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް ކާމިޔާބުކުރި ހެޓްރިކާއެކު ކްލޯސާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. އޮސްޓްރިއާ ކޮޅަށް ޖެހި ފުރަތަމަ ލަނޑާއެކު މެސީ ވަނީ ވޯލްޑް ކަޕުގައި ޖެހި ޖުމްލަ ލަނޑުގެ އަދަދު 17 އަށް އަރުވާފައެވެ.

HajjCop_ads
Advertisement

މި މެޗުގައި މެސީޖެހި ދެ ގޯލާއެކު މިއީ ވޯލްޑް ކަޕުގައި އޭނާގެ 18ވަނަ ލަނޑެވެ.

މިއާއެކު ޖުމްލަ ހަ ޕޮއިންޓު ހޯދައި އާޖެންޓީނާއަށް ގަދަ 32ގެ ޖާގައެއް ކަށަވަރުވީ، ކުރިއަށް އޮތް މެޗުން ބަލިވި ނަމަވެސް، ގުރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައި ވިޔަސް އާޖެންޓީނާއަށް އެ ފުރުސަތު ލިބޭނެތީއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

819055775 1138513282033794 4466413738168937404 n

މެސީގެ ވަދާޢީ ޖާރޒީ ދައްކާލައިފި

J4ZZO2IFCZKUJME3Y5WO7LCNWM

މެސީ ޤައުމީ ޓީމަށް ނަގައިފި، މިއީ ވަދާޢީ މެޗު

C4b8e24d3155b10bbfa25c4ef57b2691

ބޯނަސް ނުލިބޭތީ އާޖެންޓީނާގެ ކޯޗު ސްކަލޯނީ އެއްބަސްވުން އައުކުރަން ބޭނުމެއްނޫން!

OXG24QD4NVNDDLRUPTEHG4MKVY

މިޞްރުގެ ކޯޗު ހޮސާމް އެއްބަސްވުން އައުކޮށްފި