ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފި

43
TTH_Ads
STO_Ads
Advertisement

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ސަބަބުން ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ބަދަލުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ސަރަހައްދުގެ ޓްރެފިކް ފްލޯއަށް މި ބަދަލު ގެނައީ ބޮޑުތަކުރުފާނު މަގު ބަންދުކުރުމާ ގުޅިގެން މަގުތަކުގައި ޓްރެފިކް ތޮއްޖެހުން ބޮޑުވެ، އާންމުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުމުންނެވެ. މިކަމާ ގުޅިގެން ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ދިން އިރުޝާދުގެ މަތިން މި ބަދަލު ގެނެސްފައި ވަނީ ވަގުތީ ފިޔަވަޅެއްގެ ގޮތުންނެވެ. މި ބަދަލާއެކު އޯކިޑު މަގުން ނިކުމެ، ޗާންދަނީ މަގުން ބޮޑުތަކުރުފާނު މަގަށް ދަތުރުކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އެ މަގު ބަންދުކޮށްފައިވަނީ މި އަހަރުގެ މާޗު މަހުގެ 23 ވަނަ ދުވަހުއެވެ. މި މަޝްރޫއު ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ދޭ ގޮތުގައި، މަގު ފުޅާކުރުމާއި ތާރު އެޅުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް އެބަދެއެވެ.

MMA_Ads
HajjCop_ads
Advertisement

މި ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތައް މުޅިން ނިންމާ، މިހާރު ބަންދުކޮށްފައިވާ ސަރަހައްދު އާންމުންނަށް އަލުން ހުޅުވާލުމަށް އަމާޒު ހިފާފައިވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިންނެވެ. އެހާތަނަށް ޓްރެފިކްގެ މި ބަދަލުތައް ދެމިއޮންނާނެ ކަމަށާއި، މަސައްކަތްތައް ނިމުމުން މަގުތަކުގެ ޓްރެފިކް އާންމު ހާލަތަކަށް ބަދަލުވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ތަކުރާރުކޮށް އެދުމުން ވެސް ސިޓީ ކައުންސިލުން ދަނީ މާރުކޭޓް އަޅާ ބިން ހަވާލުކުރަން ދެކޮޅު ހަދަމުން: ހައުސިން މިނިސްޓްރީ

Sstv FORM FOR EC

ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއެއް އެޅުމަށް ހުރަސްއަޅަނީ ސިޓީ ކައުންސިލުން: ރައީސް

Io

މާލޭގެ އާ ވެޓް މާރުކޭޓު މަޝްރޫއު ފެށުން ލަސްވަނީ ބިން ހަވާލުކުރުން ލަސްވުމުން

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި އިންތިހާބީ ކައުންސިލަރުން މަގާމުގެ ހުވާކުރައްވައިފި