ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގޭސްއުފައްދާ ސައިޓްގައި ހިނގީ އެކްސިޑެންޓެއް، 13 މީހުން މަރުވެ 66 މީހުން ޒަޚަމްވި: ގަތަރު

އިއްޔެ ހިނގި އެކްސިޑެންޓާ ގުޅިގެން ބަރްޒާން ގޭސް ފެސިލިޓީގައި އަލިފާން ރޯވެފައި:
STO_Ads
TTH_Ads
Advertisement

ގަތަރުގައި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ޕްރޮސެސްކުރާ ސައިޓްގައި އިއްޔެ ހިނގި ނުރައްކާތެރި ހާދިސާއަކީ ބަޔަކުދިން ހަމަލާއެއް ނޫން ކަމަށާއި، އެއީ އެކްސިޑެންޓެއް ކަމަށް ގަތަރު ސަރުކާރުގެ އެނަޖީ މިނިސްޓަރ ސައާދު އަލް ކާބީ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، އެއީ ބަޔަކުދިން އުދުވާނީ ހަމަލާއެއް ނުވަތަ އެނޫންވެސް އެ ބާވަތުގެ ކަމެއް ނޫން ކަމަށާއި، އެއީ ހިނގި އެކްސިޑެންޓެއް ކަމަށެވެ.

ހަމަ އެއާއެކު، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުން ހޯދުމަށް ތަހްގީގު ފަށާފައިވާ ކަމަށްވެސް، ގަތަރު ސަރުކާރުގެ އެނަޖީ މިނިސްޓަރ ސައާދު އަލް ކާބީ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ބާރުގަދަ ގޮވުންތަކެއް އިއްޔެ ގޮވާފައިވަނީ ގަތަރުގައި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ޕްރޮސެސްކުރާ މައި ސައިޓް ކަމަށްވާ ރަސް ލައްފާންގައެވެ. ގޮވުންތަކާއެކު އެ ސައިޓްގެ ބަރްޒާން ނަމަކަށްކިޔާ ގޭސް ފެސިލިޓީގައި ވަރުގަދައަށް އަލިފާން ރޯވެ އަނދަން ފެށިއެވެ.

މިހާދިސާގައި ގާތްގަނޑަކަށް 13 މީހުން މަރުވެ، 66 މީހުން ޒަޚަމްވެފައިވާ ކަމަށް، ގަތަރު ސަރުކާރުން ހާމަކޮށްފައި ވެއެވެ. މިނިސްޓަރ އެނަޖީ މިނިސްޓަރ އަލް ކާބީ ވިދާޅުވީ، މަރުވި 13 މީހުންނަކީ ސައިޓްގައި މަސައްކަތް ކުރާ ޕާކިސްތާން އަދި އިންޑިއާ ރައްޔިތުން ކަމަށެވެ.

އެލްއެންޖީ ގޭސް ސައިޓް ހާދިސާއާ ގުޅިގެން ގަތަރުއެނަޖީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބާރުގަދަ ގޮވުމެއް ގޮވާފައިވަނީ ސައިޓްގެ މަސައްކަތް ފެށިތަނާ ކަމަށެވެ.

ހާދިސާ ހިނގުމާއެކު ރެސްކިއު ޓީމުތައް ވަގުތުން ހަރަކާތްތެރިވާން ފެށި ކަމަށާއި. އެ ތަނުގައި ރޯވި އަލިފާންވެސް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބުނެފައި ވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާން- އެމެރިކާ މަޝްވަރާތައް “ވަރަށް ރަނގަޅަށް” ކުރިއަށް އެބަދޭ: އެމެރިކާގެ ރައީސް ޓްރަމްޕް

kulli khabaru

ގަތަރުގައި ހުރި އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް މިސައިލެއް އަރައިފި

ގަލްފްގައި ހުރި އެމެރިކާގެ ބޭސްތަކަށް މިފަހަރު ހަމަލާދޭނީ ކުރިން އެންގުމަކާ ނުލައި ކަމަށް އީރާނުން ބުނެފި

ތުރުކީއާއި ގަތަރުގެ ސިފައިންނަކަށް ޣައްޒާއަކަށް ނޭރޭނެ: ނަތަންޔާހޫ