ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާގެ ފުރުސަތު ހޯދައިދޭނަން: ޝަކީލް

Shakeel elections
TTH_Ads
STO_Ads
Advertisement

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރައްވައިފިނަމަ ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދެއްވާނެ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ކުރިއަށްދިޔަ އިންޓަވިއު މަރުހަލާގައެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މުޙައްމަދު ޝަކީލް ވިދާޅުވީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު އަދާކުރެއްވީ މިނިވަންކަމާއި ނަޒާހަތްތެރިކަމާއެކުގައި ކަމަށާއި އިސްތިއުފާ ދެއްވީ އެފަދަ މާހައުލެއް އޭރު ނެތްކަމަށް ޤަބޫލުކުރެވުމުން ކަމަށެވެ. މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތްތަނެއްގައި މަސައްކަތްކުރަން އަމިއްލަ ޒަމީރު ޤަބޫލުނުކުރައްވާ ކަމަށާއި ދެންވެސް މެންބަރުކަމަށް ޢައްޔަންކުރައްވައި، އެފަދަ ހާލަތެއް ދިމާވެއްޖެނަަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

“މިނިވަންކަމާއެކު ކުމަސައްކަތް ކުރެވޭނެ މާހައުލެއް ނެތްކަމަށްއޭރު އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން ދެކެވެނު ވާހަކަތަކުން ހީވީމަ އެފަދަ ގޮތަކަށް މަސައްކަތްކުރަން އަމިއްލަ ޒަމީރު ޤަބޫލުނުރާތީ އިސްތިއުފާ ދިނީ. އެފަދަ ހާލަތެއްގައި ދެންވެސް އިސްތިއުފާ ދޭނަން.” ޝަކީލް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކާމެދު ދިމާވާ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަކީލް ވިދާޅުވީ ރާއްޖޭގެ އިންތިޚާބުތައް ބޭއްވުމަށް ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ނޯންނަވަރަށް ދެ ފުށް ފެންނަ އުސޫލުތަކެއް ކަމަށާއި ނަމަވެސް ހުރިހާ ސިޔާސީ ޕާޓީތަކަށް ފޮރުކޮށްދޭންޖެހޭ މައުލޫމާތު އެންމެ ފުރިހަމަކޮށް ފޯރުކޮށްނުދެވޭތީ މައްސަލަ ދިމާވާ ކަމަށެވެ.

އެކަން ހައްލުކުރެވޭނީ ކޮމިޝަނުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހުރިހާ ފަރާތްތަކަށް ވަގުތުން ވަގުތަށް ފޯރުކޮށްދީގެން ކަމަށާއި އޭނާ ކޮމިޝަނުގެ މެންބަރަކަށް އައްޔަން ކުރައްވައިފިނަމަ މިނިވަންކަމާއެކު މަސައްކަތް ކުރައްވައި، ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ކަންބޮވޮޑުވުންތައް ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދެއްވަން މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ބޭނުމަކީ ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުންކަމުގައި ވެގެން ނުވާނެކަމަށާއި އުސޫލުގެ ތެރެއިން ޕާޓީގެ ހަރަކާތްތައް ހިންގުމަށް ބާރު އަޅަންވާނެ ކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކާ ގުޅިގެން ހަދާފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ޕާޓީތަކުގެ އާންމު މެންބަރުން ހޭލުންތެރިކުރަން މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަދި މެންބަރުގެ މަޤާމުން މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަޤާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ނަމެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވީ ޝަކީލްގެ ނަންފުޅެވެ.

ޝަކީލްއަކީ މިހާރު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރެވެ. މީގެ ކުރިން އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު އަދާކުރައްވާފައެވެ. އެގޮތުން، 03 ޑިސެމްބަރު 2014 އިން ފެށިގެން 09 މޭ 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާއިރު 01 ސެޕްޓެމްބަރު 2013 އިން ފެށިގެން 03 ޑިސެމްބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ޝަކީލްވަނީ އަދާކުރައްވާފައެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election

މީދޫ ކައުންސިލް ރައީސް ހޮވުން: ވޯޓާސް ލިސްޓުގައި ސޮއިކުރުން މިއަދު

election

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި

Election

މައްސަލައެއް ދިމާނުވާނަމަ ވޯޓު ފޮށިތައް ގަޑިއަށް ބަންދުކުރާނެ: އިލެކްޝަންސް

election

ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް ބުދަ ދުވަހު ފޮނުވަނީ