ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުން ހިންގާނެ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު އެކަށައަޅުއްވައިފި

raees muiz
Maldivian_Ads
TTH_Ads
STO_Ads
Advertisement

ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

މި ޤަރާރަކީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ނޫންނަމަ ސަރުކާރުން ކަނޑައަޅާ އެ ނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކާއި، އެ މަޝްރޫޢުގެ ދަށުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ކޮންމެ އަހަރަކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، ޝާއިއުކޮށްފައިވާ ޤަރާރެއްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއިގުޅޭ ދާއިރާތަކުން މަޝްރޫޢުތަކާއި، ދާޚިލީ ސަލާމަތާއި، ދިފާޢީ ރައްކާތެރިކަމާއި ފަންނިއްޔާތާ ގުޅޭ ދާއިރާއާއި، ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާއި ގުޅޭ ދާއިރާއާއި، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ގުޅޭ ދާއިރާގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ގުޅޭ ދާއިރާއިން މުހިއްމު ބައެއް މަޝްރޫޢުތަކަށް އިންވެސްޓްކުރެވޭނެ އެންމެ ދަށް މިންވަރުވަނީ ބަޔާންކުރައްވާފައެވެ.

HajjCop_ads
Advertisement

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު އެކަށައެޅުއްވި ޤަރާރާއި ޚިލާފަށް މިފަހަރުގެ ޤަރާރުގައި ކުދިކުދި ބަދަލުތައް ގެނެސްފައިވާކަމަށެވެ. އެގޮތުން ބައެއް މަޝްރޫޢުތައް ތަފްސީލީގޮތެއްގައި ހިމެނުމުގެ ބަދަލުގައި މިފަހަރު މަޝްރޫޢުތަކުގެ މަޢުލޫމާތު ހާމަކޮށްފައިވަނީ ދާއިރާތައް ވަރަށް ފުޅާކޮށްކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

މިޤަރާރުން ފަތުރުވެރިކަމުގެ ބޭނުމަށް އަދި އާންމު ދިރިއުޅުމަށް ބޭނުންވާ އެކި ކަންކަމަށާއި ދައުލަތުގެ މުހިއްމު ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއްވަނީ ހިމަނާފައެވެ.

މީގެ ތެރޭގައި ޖަލު ތަރައްޤީކުރުމާއި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމާއި އެއަރޕޯޓުތައް ތަރައްޤީކުރުން ހިމެނެއެވެ. އަދި ސޯޝަލް ހައުސިންގއާއި ކޯޒްވޭތަކާއި، ބިން ހިއްކާފައިވާ ސަރަޙައްދުތަކުގައި ޔޫޓިލިޓީގެ ޚިދުމަތް ޤާއިމުކުރުމާއި ކުނިމެނޭޖްކުރުމާއި ގުޅުންހުރި މުހިއްމު މަޝްރޫޢުތައް ކުރިއަށްގެންދިޔުންވެސް ޤަރާރުގައި ވަނީ ހިމަނާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

SIDS GBN Forum

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއް: ރައީސް

muiz

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

raees muiz

ނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި

raees muiz

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި