ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުދުއްފުށީގައި ހުއްޓުވި ޓްރާންސްޕޯޓުގެ ހިދުމަތްތައް އަލުން ފެށުމަށް އެލްޖީއޭއިން އަންގައިފި

43
STO_Ads
TTH_Ads
Advertisement

ހުއްދަ ނެތި ޓްރާންސްޕޯޓުގެ ހިދުމަތްތައް ކުޅުދުއްފުށި ސިޓީގައި މެދުކަނޑާލީ އެލްޖީއޭގެ ބްރާންޗުން ކަމަށާއި އެ ހިދުމަތްތައް ކުރިޔެކޭ އެއްގޮތަށް އަލުން ފެށުމަށް އަންގާފައިވާ ކަމަށް އެ އިދާރާގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ކުޅުދުއްފުށި ސިޓީގައި ދެމުން އައި ޓްރާންސްޕޯޓުގެ ހިދުމަތްތައް އެ ރަށުގައި ހުންނަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބްރާންޗުން ވަނީ މެދުކަނޑާލައިފަ އެވެ. ލާމަރުކަޒީ ގާނޫނަށް އައި ބަދަލުތަކާ ގުޅިގެން ކަމަށް ބުނެ އެ ބްރާންޗުން ނިންމި މި ނިންމުމާ ގުޅިގެން ސިޓީގައި ލައިސަންސް ދޫކުރުން ފަދަ މުހިންމު ހިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރު އަހްމަދު އަބްދުﷲ ވެސް ވަނީ އެލްޖީއޭގެ ބްރާންޗުގެ އެ އެންގުމާއެކު ރައްޔިތުންނަށް ދެމުން ދިޔަ ޓްރާންސްޕޯޓުގެ ހިދުމަތްތައް ހުއްޓިފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ.

މިކަމާ ގުޅިގެން އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް މިއަދު ވިދާޅުވީ، ކުޅުދުއްފުށީ ބްރާންޗުން އެފަދަ ނިންމުމެއް ނިންމީ މައި އިދާރާގެ އެއްވެސް ހުއްދައެއް ނެތި ކަމަށެވެ. އަދި އެ ހިދުމަތްތައް ހުއްޓާލުމަށް ބްރާންޗަށް އެއްވެސް އިރެއްގައި އަންގާފައި ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން، ކުރިޔެކޭ ވެސް އެއްގޮތަށް ޓްރާންސްޕޯޓުގެ ހިދުމަތްތައް އަލުން ފެށުމަށް މިހާރު އަންގާފައިވާނެ ކަމަށް ނިމާލް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ނިމާލް ވިދާޅުވި ގޮތުގައި އެލްޖީއޭގެ ބްރާންޗަކަށް އެފަދަ ނިންމުމެއް އަމިއްލައަށް ނިންމުމުގެ އެއްވެސް ގާނޫނީ ބާރެއް ލިބިގެން ނުވެ އެވެ. އަދި ހިދުމަތެއް ހުއްޓާލަން ޖެހޭ ހާލަތެއްގައި އެކަން އަންގާނީ ސީދާ މައި އިދާރާއިން ލިޔުމުން ކަމަށާއި، ކުޅުދުއްފުށީ ބްރާންޗުން މިކަން ކުރީ މައި އިދާރާއާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ. މި ހިދުމަތް މެދުކަނޑާލިކަން އެލްޖީއޭގެ މައި އޮފީހަށް އެނގުނީ ވެސް ބްރާންޗުން އެކަން އާންމުކޮށް އިއުލާންކުރި ފަހުންކަން ފާހަގަކުރެވުނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

4 Suspects b3de25b0ae

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން 4 މީހަކު ހައްޔަރުކޮށްފި

Qw

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް މެންބަރުން ހޮވުމުގެ އިންތިޚާބު ފަސްކޮށްފި

HOJGFv1awAEQtbz

ކުޅުދުއްފުށީގައި ޕިކްޕޯސްޓްގެ ޚިދުމަތް ފަށައިފި

445gf

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބައްދަލުވުންތައް ލައިވްކުރުމަށް އެމްޑީޕީން އެދިއްޖެ