ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއެއް އެޅުމަށް ހުރަސްއަޅަނީ ސިޓީ ކައުންސިލުން: ރައީސް

Sstv FORM FOR EC
TTH_Ads
STO_Ads
Maldivian_Ads
Advertisement

މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއެއް އެޅުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއަށް މާލޭ ސިޓީ ކައުންސިލުން ހުރަސްއަޅަމުންދާ ކަމަށާއި، އެއީ ނުހަނު ހިތާމަހުރި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ “ދަ ޕަލްސް” ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މާލޭގެ ލޯކަލް މާރުކޭޓަކީ ވަރަށް ހާލުގައި އޮތް ތަނެއްކަމަށާއި، އެތަން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހަމަޖައްސައި ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން ތަފާތު ބަހަނާތައް ދައްކައި އެ ބިން ސަރުކާރާ ހަވާލުނުކުރުމުގެ ސަބަބުން މަސައްކަތް ނުފެށި ހަތަރު މަސްދުވަސް ފާއިތުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ފައިދާހުރި މިފަދަ ކަންކަމަށް ހުރަސްއެޅުމަކީ އެއްވެސް ފަރާތަކަށް އޭގެ މަންފާ ކުރާނެ ކަމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް”ގެ ނަމުގައި ހަ ފަންގިފިލާއަށް އިމާރާތްކުރާ މި މާރުކޭޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 116 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން 85،000 އަކަފޫޓުގެ ބިމެއްގައި ހިންގާ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 600 ދުވަހުގެ ތެރޭގައެވެ. މި އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަކުރެވޭއިރު، ގްރައުންޑް ފްލޯގައި ހުންނާނީ މަސް މާރުކޭޓެވެ. އަދި ފުރަތަމަ ތިން ފަންގިފިލާ މޭވާއާއި ތަރުކާރީ ވިއްކުމަށް ހާއްސަކުރާއިރު، ޓެރަސްގައި ފުޑް ކޯޓެއް ހެދުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މި ކޮމްޕްލެކްސްގައި ފަސް ލިފްޓާއި، ފަޔަ ފައިޓިން ސިސްޓަމަކާއި، 5 ޓަނުގެ އައިސް ޕްލާންޓެއްގެ އިތުރުން މަހާއި ތަރުކާރީ ބެހެއްޓުމަށް ހާއްސަ ކިއޮސްކްތައް ހުންނާނެއެވެ.

HajjCop_ads
Advertisement

މި މަޝްރޫއު ކުރިއަށްގެންދިއުމަށް ބޭނުންވާ ބިން ހޯދުމަށް ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތިން ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވާނެކަމަށް ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. ނަމަވެސް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ ބިން ހަވާލުކުރުން ލަސްވަނީ، ކުރީގެ ކައުންސިލުން އެ ބިމުގައި އެހެން މަޝްރޫއުތަކެއް ހިންގުމަށް ދެ ކުންފުންޏަކާއެކު އެއްބަސްވުންތަކެއް ހަދާފައިވާތީ ކަމަށެވެ. އެހެންކަމުން ގާނޫނީ ގޮތުން އެ އެއްބަސްވުންތައް ބާތިލުކުރުމަށްފަހުގައި ނޫނީ އެހެން ފަރާތަކަށް ބިން ހަވާލުނުކުރެވޭނެކަމަށާއި، މިކަން ސަރުކާރަށް އަންގާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. ސިޓީ ކައުންސިލުން މިހާރު ވަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން މާރުކޭޓުގެ ބިން ހަވާލުކުރުމަށް ފާސްކޮށްފައެވެ.

ސިޓީ ކައުންސިލުން ބިން ހަވާލުކުރުމުގެ މައްސަލައިގައި ގާނޫނީ ހުރަސްތަކެއް ހުރިކަމަށް ބުނަމުންދިޔަ ނަމަވެސް، ސަރުކާރުން އޮތީ މިކަމަށް އަވަސް ހައްލެއް ހޯދައި މަޝްރޫއު ކުރިއަށްގެންދިއުމުގެ އަޒުމުގައެވެ. ރައީސް މުއިއްޒު ވަނީ ގޮންޖެހުންތަކާއެކު ވެސް އިރާދަކުރެއްވިއްޔާ މައްސަލައަށް ހައްލެއް ގެނެސް، މާލޭގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ މާރުކޭޓެއް ބިނާކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gqhakxkx0aahccr

ރާއްޖޭގެ 1،000 މީހުންގެ އާބާދީ ހަމަވާ ކޮންމެ ރަށެއްގައި ޕާސްޕޯޓުގެ ހިދުމަތް ދޭން ރައީސް ނިންމަވައިފި

“ސަރުކާރުގެ ޚިދުމާތު މަރުކަޒު” ގެ ނަމުގައި ރާއްޖޭގެ 18 އަތޮޅެއްގައި މަރުކަޒުތަކެއް ރައީސް އުފައްދަވައިފި

Nimaal

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުވިކުރުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

Big 94VwpB6DUWHjR3n4HjfMOy7i4

ޓުއާ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ޓީޖީއެސްޓީ ޤާނޫނަށް އަވަސް އިސްލާޙުތަކެއް ގެންނެވުމަށް ރައީސް ނިންމަވައިފި